Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ކަންބޮޑުވުންތައް ހިއްސާކުރިތާ 10 މަސް, ތަސައްލީއެއް ހޯދައެއް ނުދެވުނު

ކަންބޮޑުވުންތައް ހިއްސާކުރިތާ 10 މަސް, ތަސައްލީއެއް ހޯދައެއް ނުދެވުނު

މިދިޔަ އަހަރު ޑިސެމްބަރުމަހު ރ.އިނގުރައިދޫ ރައްޔިތުން ސަރުކާރާ ހިއްސާކުރި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ, އަނެއްކާ ވެސް އެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 16 ވަނަ ދުވަހުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިނގުރައިދޫ ކައުންސިލާ ބައްދަލު ކުރެއްވުމުން, ކައުންސިލުން ވަނީ ކައުންސިލު އިދާރާއާއި, ސިއްހީ މަރުކަޒާއި, ސްކޫލުގެ އިމާރާތުގެ ޖާގައިގެ ދަތިކަމާއި, ކުނިމެނޭޖުކުރުމުގައި ހުރި ދަތިތައް ފާހަގަކޮށްފައެވެ.

އިނގުރައިދޫ ކައުންސިލާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ނައިބު ރައީސް ފައިޞަލް ނަސީމް އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ވެސް ކައުންސިލުން ވަނީ ހަމަ އެ ކަންބޮޮޑުވުންތައް ހިއްސާކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

''މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކައުންސިލު އިދާރާގެ އިމާރާތާއި, ސްކޫލާއި, އިންޖީނުގޭގެ އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހެލްތް ސެންޓަރުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކުރުމަށް ބޭނުންވާ ކަމާއި, ކުނި މެނޭޖުކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށުގެ މުޖުތަމަޢުގައި ހުރި އިޖުތިމާޢީ ބައެއް މައްސަލަތައް ވެސް މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.'' އެ ބައްދަލުވުމާ ގުޅިގެން ރައީސް އޮފީހުން ޢާންމުކޮށްފައިވާ ޚަބަރުގައި ބުނެފައިވެއެވެ.

[caption id="attachment_163875" align="alignnone" width="300"]<img class="size-medium wp-image-163875" src="https://cdn.dhen.mv/wp-content/uploads/2022/10/254202_48dc1669-d_-300x200.jpeg" alt="" width="300" height="200" /> ނައިބު ރައީސް ފައިޞަލް ނަސީމް، އިނގުރައިދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް[/caption]

އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އަދި ޚާއްސަކޮށް ރައީސް ޞާލިޙް ރަށްރަށުގެ ހާލަތު ގާތުން ބައްލަވައި, އެ ރަށެއްގެ ރައްޔިތުން އެންމެ އެދޭ ގޮތަށް އެ ރަށެއްގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދަވަން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރި ކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ މިހާރު އެކި މަރުހަލާގައި ކުރިއަށްދާ މަޝްރޫޢުތައް ކަމަށާއި, ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް