ޚަބަރު ސަރުކާރު

އިންނަމާދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ ދަރަޖައިގައި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިންނަމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ނުވަދިހަ ނުވަ އިންސައްތަ ވަޢުދުތައް ފުއްދައި ނިމިއްޖެކަމަށް ބުނާ ސަރުކާރުގެ ވެރިކަން ނިމެން އަހަރަކަށްވެފައި ވަނިކޮށް ރ.އިންނަމާދޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފިއެވެ.

Ads by Hajj Corporation

އިންނަމާދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރީ, ހަފުތާ ބަންދުގައި ނައިބު ރައީސް ފައިޞަލް ނަސީމް އެ ރަށަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ކައުންސިލާއި, ކޮމެޓީއާއި, މުއައްސަސާތަކުގެ ވެރިން ވަނީ އެ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި, ކުރިމަތިވާ ދަތިތައް ފާހަގަކޮށްފައެވެ.

ފާހަގަކުރި ކަންބޮޑުވުންތައް:

1.ރަށުގެ ފެނުގެ ނިޒާމާއި, ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް.

2.ބަނދަރު އަޕްގްރޭޑްކުރަން ބޭނުންވާކަން.

3.ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް.

4.ސްކޫލްގެ ޖާގައިގެ ދަތިކަން.

5.ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތެއްގެ މުހިންމުކަން.

6.ރަށްގިރުމުގެ މައްސަލަ.

7.ރަށުގެ ސިނާޢީ މަސައްކަތްކުރާ ފަރާތްތަކަށް އެ މަސައްކަތްތައް ކުރުމަށް ވަންދޫއިން ބިން ހަމަޖެއްސުމާ ބެހޭގޮތުން.

8.ރަށުގައި ޕޮލިސް ޕޯސްޓެއް ޤާއިމުކުރަން ބޭނުންވާކަން.

9.ރަށުގައި ކުނިމެނޭޖުކުރުމުގައި ކުރިމަތިވާ ދަތިތައް.

10.ރަށުގައި ފަތާ ފެންގަޑެއް އަދި ކުޑަކުދިންގެ ޕާކެއް ގާއިމުކުރަން ބޭނުންވާކަން.

އެ ކަންބޮޑުވުންތައް އައްސަވައި ނައިބު ރައީސް ދެއްވީ އާދައިގެ މަތިން ދެއްވާ ޖަވާބެވެ. ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!