ޚަބަރު ޝަރުޢީ ދާއިރާ

ހެކިންގެ ހެކިބަހުން ޗެއިން އޮފް ކަސްޓަޑީ ކަށަވަރު ކުރެވޭ ގޮތް ހަދައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސްޕްރީމް ކޯޓު

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ, ހެކިންގެ ހެކިބަހުން ޗެއިން އޮފް ކަސްޓަޑީ ކަށަވަރު ކުރެވޭ ގޮތް ހަދައިފިއެވެ.

Ads by Hajj Corporation

އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ޢަދުނާން ސޮއިކުރައްވައި ސްޕްރީމް ކޯޓުން މިއަދު ޢާންމުކުރި ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވަނީ, މަސްތުވާތަކެތީގެ މައްސަލަ ތަހުލީލު ކުރެވިފައިވަނީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޒާޔަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރު ކުރުމުގައި, ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ, ނުވަތަ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދޭކަމެއް އޮތްނަމަ, އެ ތަކެއްޗެއް ހިފަހައްޓާ ފަރާތާއި, އެ ޗެއިންގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީޢަތަށް ހާޒިރުކޮށް, ނުވަތަ ޗެއިން މެދުކެނޑިފައި ސުވާލު އުފެދިފައިވާ ހާލަތުގައި ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީޢަތަށް ހާޒިރުކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލު ކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޒާޔަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުކުރެވޭ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާކަމަށް ބަލަންވާނެ ކަމަށެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ ފުލުހުން އެއްކުރާ ހެކި ފުލުހުންގެ ތެރޭގައި އެކަކު އަނެކަކާ ހަމައަށް ގެންދާއިރު އެއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން ކަށަވަރު ކުރުމަށް, ހެކިތަކަށް އެވިޑެންސް ނަންބަރު ދީ, އެ ތަކެއްޗާ ހަވާލުވި ފަރާތްތަކުގެ މަޢުލޫމާތާއި, ހަވާލުވި ތާރީޚާއި ގަޑި ހިމަނައި އެކަން ދިޔަ ގޮތުގެ ސިލްސިލާ އެނގޭ ލިޔުންތަކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!