ޚަބަރު އިޖުތިމާޢީ

ކޮރަޕްޝަންގެ ކުށް ހިނގާ ގޮތްތަކާއި ޢާންމުން ދެކޭ ގޮތް ބެލުމަށްޓަކައި ދިރާސާއެއް ކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: އޭސީސީ

ރާއްޖޭގައި ކޮރަޕްޝަންގެ ކުށް ހިނގާ ގޮތްތަކާއި ޢާންމުން ދެކޭ ގޮތް ބެލުމަށްޓަކައި ޤައުމީ ފެންވަރުގެ ދިރާސާއެއް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިލާ ކޮލެޖާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

Ads by STELCO

މި ދިރާސާގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ އެވިޑެންސް ބޭސްޑް މަސައްކަތަކަށް ހެދުމެވެ. މި ދިރާސާގައި ރާއްޖޭގައި ކޮރަޕްޝަން އޮތް ހުރިހާ ދިމާއިން މަޢުލޫމާތު އެއްކުރާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ޝިޔާމާ މުޙައްމަދު ވިދާޅުވީ މިއަދު ފަށާ ދިރާސާގެ މަސައްކަތަކީ ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އޮތް މިންވަރާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާއެކު މަންޒަރު ބަދަލުކޮށްލާނެ މުހިންމު މަސައްކަތެއް ކަމަށެވެ.

ޝިޔާމާ ވިދާޅުވީ މިފަދަ ދިރާސާއެއް ފަށާތީ ސުވާލު އުފައްދައިފާނެ ކަމަށާއި އެކަމަކު ސިޔާސަތު ބައްޓަންކުރަން ބަލާއިރު ވެސް ޢާންމުން ދެކޭ ގޮތް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޝިޔާމާ ވިދާޅުވި ގޮތުގައި ދައުލަތް ހިންގުމުގައި ވެސް އިސްކަން ދޭންޖެހޭނީ ދިރާސީ ހޯދުންތަކުގެ މައްޗަށް ބުރަވެ ނިންމަންޖެހޭ ވައްޓަފާޅިއަށްކަމަށް އޭސީސީން ގަބޫލުކުރާ ކަމަށެވެ.

މި ދިރާސާއާއެކު ކޮރަޕްޝަން ހުއްޓުވުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވިގެންދާނެކަމަށް އޭސީސީން ދެކެއެވެ.

Ads by Ooredoo
  1. މިޒަމާނަކީ ކޮރަޕްޝަނާއި ވައްކަން ކުރަންވެސް ދިރާސާހަދާ ޒަމާނެއް، ދިރާސާ ހަދައިގެން މޮޅެތި ގޮތްގޮތަށް ވައްކަމާއި ކޮރަޕްޝަން ހިންގަނީ !