ދުނިޔެ

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި އޮތް ރަޝިޔާގެ އޮލިގާކެއްގެ ސުޕަޔޮޓް ހޮންކޮންގްއިން ނުހިފާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި އޮތް ރަޝިޔާގެ އޮލިގާކެއްގެ ސުޕަޔޮޓް ނުހިފާނެ ކަމަށް ހޮންގްކޮންގްއިން ބުނެފިއެވެ.

Ads by WAMCO

ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް ޖޯން ލީ ވިދާޅުވީ އދ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހޮންގްކޮންގް ޖަވާބުދާރީ ވާނެ ކަމަށާއި ނަމަވެސް "ވަކިވަކި ޖުރިސްޑިކްޝަންސް" ތަކުން އަޅާފައިވާ "އެކަހެރި" ފިޔަވަޅުތަކަށް ތަބާ ނުވާނެ ކަމަށެވެ.

521 މިލިއަން ޑޮލަރު (472 މިލިއަން ޕައުންޑް) ގެ މި ބޯޓަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އެކުވެރިއެއް ކަމަށްވާ އެލެކްސީ މޮރްދާޒޯވް އާއި އެ ގައުމުގެ އެންމެ މުއްސަނދި އެއް މަހުޖަނު އެލެކްސީ މޮރްދާޒޯވް އަށް ނިސްބަތްވާ ބޯޓެކެވެ.

އޭނާގެ ޔޮޓް ހޮންކޮންއަށް އައިސްފައިވަނީ މިދިޔަ ހަފްތާގައި ރަޝިޔާއިން ފުރައިގެންނެވެ.

އެކަމަކު މިސްޓަރ މޮރްދާޒޯވް ޔޮޓުގައި އުޅޭކަމަށް ގަބޫލެއް ނުކުރެވެއެވެ. މި ބިލިއަނަރަށް އެމެރިކާ، އިނގިރޭސިވިލާތް އަދި އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ މިއަހަރުގެ ކުރީކޮޅު ރަޝިޔާއިން ޔޫކްރެއިންއަށް އަރައިހިންގި ހަމަނުވުމާ ގުޅިގެންނެވެ.

އެމެރިކާ، އީޔޫ އަދި އިނގިރޭސިވިލާތުން ވަނީ އެތައް ސަތޭކަ ރަޝިޔާ މީހުންނާއި އެމީހުންގެ ވިޔަފާރިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ނަމަވެސް ޗައިނާ އަކީ ރަޝިއާގެ ބައިވެރިއެއްގެ ގޮތުގައި ދެމި އޮތް އިރު، މޮސްކޯއިން ޔޫކްރެއިންއަށް އަރައިގަތުމަށް ނިންމި ނިންމުން މިހާތަނަށް ކުށްވެރިކޮށްފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!