ދިގުރަށަށް އުދަ އެރުން: 06 ގެއަކަށް ގެއްލުން ލިބިފައިވޭ

މިދިޔަ ބުދަ ދުވަހުގެރޭ އދ.ދިގުރަށަށް އުދަ އެރުމުގެ ސަބަބުން ހަ ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ނެޝަލަން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ ދިގުރަށަށް އުދަ އެރުމުގެ ސަބަބުން ހަ ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެ ގޮތުން ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ހަމައެހެންމެ ރަށުގެ ބަނދަރު މައްޗަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި, އޭގެ އިތުރުން އެ ރަށަށް ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު އެއްކުރަމުންދާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ދިގުރަށަށް އެރި ރާޅުގެ އުސްމިނުގައި ގާތްގަނޑަކަށް 15 ފޫޓު ހުންނާނެކަމަށް އެ ރަށުން މަޢުލޫމާތު ހިއްސާކުރި މީހުން ބުނެފައިވެއެވެ. އެ މީހުން ބުނި ގޮތުގައި ހީވީ ސުނާމީއެއް އެރިހެންނެވެ.
މިދިޔަ ޖުލައިމަހު ވެސް މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އދ.ދިގުރަށަކީ ވަރައްފޮނި މީހުން އުޅޭ ރަށެއް ގިނަވާނީ ހުސް ރޯނުއެދުރުން ގެސްޓްހައުސް ތަކެއް ހިންގޭތީވެ ވަރައް ފުއްޕާފަތިބޭނީ