ޚަބަރު ސިޔާސީ

ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ފުރާވަޑައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބޮޑުތިލަދުންމައްޗަށް ފުރާވަޑައިގެންފިއެވެ.

Ads by Sosun Fihaara

ޕީޕީއެމްއިން ބުނީ ހއ.ގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޔާމީން މިހާރު ފުރާވަޑައިގެންފައިިވާ ކަމަށާއި, އެ މަނިކުފާނު މި ވަގުތު ހުންނެވީ ހަނިމާދޫ އެއާޕޯޓުގައި ކަމަށެވެ. އަދި މިއަދުގެ ހަވީރުގެ ވަގުތެއްގައި އިހަވަންދުއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އިހަވަންދޫގެ އިތުރުން ރައީސް ޔާމީން ދެން ވަޑައިގަންނަވާނީ ކެލާ, ބާރަށް, ދިއްދޫ އަދި ތުރާކުނަށެވެ.

ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރައްވާ ދެވަނަ ދަތުރުފުޅުގެ  މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރެއްވުން ހިމެނެއެވެ. އެ ގޮތުން ޒުވާނުންގެ މެނިފެސްޓޯއާއި, މަސްވެރިންގެެ މެނިފެސްޓޯއާއި, އަންހެނުންގެ މެނިފެސްޓޯ އަދި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުން ވެސް ކުރިއަށްދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!