Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުޑް ސެކިއުރިޓީއަށް، ދަނޑުވެރިކަން ވަރުގަދަ ކުރަން ޖެހޭ: ރަައީސް ޞާލިޙް

ފުޑް ސެކިއުރިޓީއަށް، ދަނޑުވެރިކަން ވަރުގަދަ ކުރަން ޖެހޭ: ރަައީސް ޞާލިޙް

ދުނިޔޭގެ ކާނާގެ ޔަޤީންކަމަށް ކުރިމަތިވަމުންދާ ހުރަސްތަކަށް އޮތް ޙައްލަކީ ދަނޑުވެރިކަން ފުޅާކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަ ކާށިދޫގައި މިހާރު ދަނޑުވެރިކަން ކުރަނީ ހަމައެކަނި އެރަށުގެ ރައްޔިތުން އެކަނި ނޫންކަމަށެވެ.

ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ ދަނޑުވެރިންވެސް މިހާރު އެރަށުގައި އިންވެސްޓް ކުރަމުން އަންނަތަން ފެންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމުން އެނގެނީ ކާށިދޫގައި ދަނޑުވެރިކަމަށް ފަހި މުސްތަޤްބަލެއް އެބައޮތް ކަންކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަމުގެ ވަރަށް ރަނގަޅު ދެ ބާޒާރެއް އެބަ އޮތް ކަމަށެވެ. ފުރަތަމަ ބާޒާރަކީ މީހުން ދިރިއުޅޭ ރަށްތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެ ވަނަ ބާޒާރަކީ ރާއްޖޭގައި ހިންގާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓުންނަށް ޚިދުމަތްދޭ އެހެން ތަންތަން ކަމަށެވެ.

މި ދެ ބާޒާރަށް ބޭނުންވާ މިންވަރާ ގާތަށްވެސް ރާއްޖޭގައި ތަރުކާރީ އާއި މޭވާއެއް ނުހެއްދޭ ކަމަށާއި ފަލަމަޑިއާއި ފަތްޕިލާވެއްޔާއި ގޮވާމެއް ވެސް ނުހެއްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމަށް ސަމާލުކަން ދޭންޖެހޭ އަނެއް ސަބަބަކީ، ދުނިޔެއަށް އަންނަމުންދާ އެކި ލޮޅުންތަކުގެ ސަބަބުން ކަމަށާއި ބައެއް ދުވަސްވަރަށް ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނޫނީ، ޢަސްކަރީ ކުރިމަތިލުމެއް ނުވަތަ ހަނގުރާމައެއް ފެށިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ފުޑް ސެކިއުރިޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކޮވިޑް-19ގެ ބަލިމަޑުކަން ކަމަށާއި މިއަދު އޮތް ހުރަހަކީ ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ ކަމަށް ވެސް ވިދާޅުވިއެވެ. މިފަދަ ކޮންމެ ލޮޅުމަކާއެކު، ކާނާގެ ރައްކާތެރިކަމަށް އެތައް ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ސީރިއަސް ގޮތެއްގައި ވިސްނައި ދުރާލައި ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށެވެ.

ދުނިޔެ ތަރައްޤީވެ، އިމްޕޯޓް އެކްސްޕޯޓް ފުޅާވެ، އަވަސް ވިނަމަވެސް، އެކަށީގެންވާ ވަރަށް ކާޑުގެ ބާވަތްތަކާއި ކާނާ ލިބޭނެ ކަމުގެ ޔަޤީންކަން އެއްވެސް ޤައުމަކަށް މިހާރަކު ނެތްކަން ފާހަގަކުރެއްވިއެވެ.

އަދި ރާއްޖެއަށް އެ ޔަޤީންކަން މާ ބޮޑަށްވެސް ކުޑަ ކަމަށާއި ޙައްލަކީ ދަނޑުވެރިކަން ވަރަށް ބޮޑަށް ފުޅާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް