ޚަބަރު ސިޔާސީ

އެއަރޕޯޓް އެޅުމާއި, ހިންގުމަކީ ޕީޕީއެމްގެ ހުނަރެއް: މަލީހް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެއަރޕޯޓް އެޅުމާއި އެއަރޕޯޓް ހިންގުމާއި ޓޫރިޒަމް ކުރިއެރުވުމަކީ ޕީޕީއެމްގެ ހުނަރެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަލީހް މިފަދައިން ވިދާޅުވީ ހއ. ދިއްދޫގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

ހއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ދިއްދޫ އަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް މި ސަރުކާރަށް ކޮށްދެވިފައި ނެތް ކަމަށާއި ދިއްދޫގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އެމްޑީޕީ އަށް ދިނީ އުއްމީދުތަކާއެކު ކަމަށެވެ.

އަދި ޕީޕީއެމަށް ވެރިކަން ލިބިއްޖެނަމަ ދިއްދޫ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ފަސް އަހަރެއްގެ ދައުރު ނިމިގެންދާނީ ދިއްދޫ ފަޅު ހިއްކުމާއި، އެއާޕޯޓެއް އަޅާދީފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިވާހަކަތަކާ ގުޅިގެން މަލީހް ކިރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންކްރީޓް ތަރައްޤީއަކީ ތަރައްޤީޤީ ކަމަށާއި އެއަރޕޯޓް އެޅުމާއި އެއަރޕޯޓް ހިންގުމާއި ޓޫރިޒަމް ކުރިއެރުވުމަކީ ޕީޕީއެމްގެ ހުނަރެއް ކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ ތަސައްވުރެއް ކަމަށާއި ކުޅުދުއްފުށީގައި އެއަރޕޯޓް އަޅާ ވާހަކަ ދެއްކުމުންވެސް އެމްޑީޕީން ދެކޮޅުހެދި ކަމަށް މަލީހް ވިދާޅުވިއެވެ.

Ads by Allied Insurance
  1. މަލީ

    މިކަލޭގެ ހާދަ ފޯރިއެއް މިއަރުވަނީ ދެން އަންނަ ވެރިކަމަކަށްވެސް ބޯކޮށޕާލަން ބޭނުންވަނީތޯ؟

  2. އަލީ

    ” ޕީޕީއެމަށް ވެރިކަން ލިބިއްޖެނަމަ ދިއްދޫ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ފަސް އަހަރެއްގެ ދައުރު ނިމިގެންދާނީ ދިއްދޫ ފަޅު ހިއްކުމާއި، އެއާޕޯޓެއް އަޅާދީފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.”

    މިކަމަކަށް ސައްކެއްނުކުރަން!