ވާދަވެރިން ދައްކަނީ ތޯތޯ ވާހަކަ, މިއީ ދީނަށް ފުރައްސާކުރަން ޖާގަދޭ ސަރުކާރެއް ނޫން: މައުމޫން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ އިސްލާމްދީނަށް ފުރައްސާކުރަން ޖާގަދޭނެ ސަރުކާރެއް ނޫންކަމަށް މި ސަރުކާރުގެ އެއް ބައިވެރިޔާ މޯލްޑިވްްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ޒަޢީމް އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މި ސަރުކާރަކީ އިސްލާމްދީނަށް ފުރައްސާރަކުރުމަށް ތަންމިނަށް ހުޅުވާލައިފައިވާ ސަރުކާރެއް ކަމަށާއި, އެފަދަ އަމަލުތައް ކުރާ މީހުންނަށް ފިޔަވަޅު ނާޅާ ވާހަކައަކީ ސަރުކާރުގެ ވާދަވެރިން އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ސަރުކާރުގެ އަމަލުތައް އެ ގޮތަށް ހުރިއިރު, ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހުރިހާ ލީޑަރުން ވެސް އެކަމާ ޒިންމާ ނަންގަވަންޖެހޭނެ ކަމަށް ވެސް ވާދަވެރިން ދަނީ ބުނަމުންނެވެ.
ރައީސް މައުމޫން ''ދެން'' އަށް ވިދާޅުވީ ސަރުކާރުގެ ވާދަވެރިން ދައްކަނީ ތޯތޯ ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން ކޯލިޝަނުން ވަކިވާންޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
''ގިނައިން ތި އުޅެނީ ތޯތޯ ވާހަކަ ދެއްތޯ. އެއްވެސް ޙަޤީޤަތެއް ނެތް ތޯތޯ ވާހަކަ ތިއުޅެނީ. އަޅުގަނޑުމެން ކަންތައްތައް ނިންމަނީ ވަރަށް ބޮޑަށް ދިރާސާކޮށްފަ ހަގީގަތް ބަލާފައި. އެހެންވީމަ އަޅުގަނޑުމެންނަކަށް ނުފެނޭ ކޯލިޝަނުން ނުކުންނަންވީ ސަބަބެއް. ހަމަ މި ތިބީ ކޯލިޝަންގަ. އެ ގޮތަށް ހުރިހާ އެންމެން ވެސް އެއްބަސްވީ. ހަމަ މީހަކު ދައްކާހައި ވާހަކައަކަށް އަޅުގަނޑުމެން އަމަލުކޮށްގެން ކަމަކުނުދާނެ.''
މި ސަރުކާރުން އިސްލާމްދީނަށް ފުރައްސާކުރަން އެއް ގޮތަކަށް ވެސް ޖާގަދީފައިވާކަމަށް ގަބޫލުފުޅު ކުރައްވަންތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ ''ނޫން, ނޫން, ނޫން, އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން'' ކަމަށެވެ.
''ތީ ހަމަ ސިޔާސީ މާހައުލުގައި ދައްކާނެ ވާހަކަ. ސަރުކާރާ ދެކޮޅަށް އެއްޗެކޭ ބުނަންވެއްޖިއްޔާ [އެފަދަ ވާހަކަތައް] ވާހަކަ ދައްކާނެ. އެއީ ރައްޔިތުންނަށް އެ މީހުންގެ ބައިި ވިއްކަން ދައްކާ ވާހަކަ. ދެން ސަރުކާރަށް އެ މީހުން ހިތަށް އެރިހައި އެއްޗެއް ކިޔާނެތާ.''
ރައީސް މައުމޫން ވިދާޅުވީ އެފަދަ ވާހަތައް ދައްކަނީ މިހާރު އެކަންޏެއް ނޫން ކަމަށާއި, ކުރިން ވެސް ވީ އެހެން ކަމަށާއި, އަދި ފަހުން ވެސް ވާނީ އެހެން ކަމަށެވެ.
''އެއީކީ ކަންބޮޑުވާންވީ ކަމެއް ނޫން. ހަގީގަތެއް ނެތް ވާހަކަ ވީމަ ދުވަހަކު ވެސް އެ ސާބިތެއް ނުވާނެ.'' މައުމޫން ވިދާޅުވިއެވެ.
މިއަށްވުރެ ބޮޑު ޖޯކެއް ދެން އޮންނާނެތޯ؟
ގަރުނުގެ އެންމެ ބޮޑު ޖޯކު މައުމޫން މި ވިދާޅުވީ،!!
މައުމޫނުގެ އަންހެނުން ބުރުގާ އެޅުއްވީތަ
ޙަލާކުހުރި
މީހަކު ނުވަތަ ބަޔަކު ކުރާ ޣައިރު ޤާނޫނީ ކަންކަމުގެ ޒިންމާއެއް ސަރުކާރަކުން ނަގާކަށް ނުޖެހޭނެ. އެފަދަ ވާހަކަތަކަކީ ހަމަ ބައިބައިވުން އުފެއްދުމަށް ދައްކާ ތާކުން ތާކު ނުޖެހޭ ދޯހަޅި މަޅީގެ ވާހަކަތަކެއް. މި ސަރުކާރަކީ ފިސާރި ތަންމިނަށް ދީނީ އެއްބައިވަންތަކަން ހިފެއްޓުމާއެކު ދީނީ ފަލްސަފާ އިންތިހާ އަށް ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް.
ކަލެއާއި މައުމޫނާއި ދެންވެސް މި ލާދީނީ ސަރުކާރަށް ތާއީދުކުރާ މީހުން ހީކުރަނީ ކަލޭމެން ފިޔަވައި ދެންތިބި އެއްމެން ތިބީ ގަމާރުވެ ދުނިޔެއިން މޮޔަވެފަ ޖަމަށްތަ؟
ދޮގުތައުރީފުކުރިޔަސް ތީދެން ތަށްކޮޅެއްބޮޑުވަރެން އަނެއްކާހަމަހޭގާބަހުރީ އެތައުރީފުކުރިއިރު
ދިވެހި ކުންފުނި ތަކަކީ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ހެޔުއެދިގެން އުޅޭބަޔެއްނޫން އެމީހުން އުޅެނީ އެމީހުންގެ އަމިއްލަ މަސްލަހަތުގައި، އެހެންވެ ވަޒީފާވެސް ދެނީ ބޭރުމީހުނަށް ދިވެހިންނަށް އަދާކުރެވެން ހުންނަ ވަޒީފާތަށްވެސް، މިއަދު ދިވެހި ގިނަ ކުންފުނި ތަކުގައި ގިނައީ ބިދޭސީން ދޭސީން ނަށްވުރެން ، ދެން ކިހިނަކުން ޤައުމު ތަރައްޤީވާނީ !
ފާޅުކަން ބޮޑުއިރުވެސް މައުމޫނަކަށް ނޭގުނު.