Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ދާޚިލީ ސަލާމަތާ ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާ ގުޅޭގޮތުން ރާއްޖެއާ ސަޢޫދީން މަޝްވަރާކޮށްފި

ދާޚިލީ ސަލާމަތާ ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާ ގުޅޭގޮތުން ރާއްޖެއާ ސަޢޫދީން މަޝްވަރާކޮށްފި

ދާޚިލީ ސަލާމަތާ ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާ ގުޅޭގޮތުން ރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއިން މަޝްވަރާކޮށްފިއެވެ.

ހޯމް މިނިސްޓަރު ޝައިޚް ޢިމްރާން ޢަބްދުﷲ ގެ ދަޢުވަތަކަށް ސަޢޫދީގެ ދާޚިލީ ވުޒާރާގެ އިސް ބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގެންފައިވާއިރު, އިމްރާން މިއަދު ވަނީ އެ ވަފުދާ ބައްދަލުކުރައްވާފައެވެ.

ސަޢޫދީގެ މިނިސްޓްރީ އޮފް އިންޓީރިއާ އޮފް ދަ ކިންގްޑޮމް އޮފް ސަޢޫދީ ޢަރަބިއްޔާއިން ފޮނުއްވި މި ވަފުދުގައި 09 ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ. ވަފްދުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ މޭޖަރ ޖެނެރަލް ނާސިރު އުޘްމާން އަލްނާސިރެވެ.

Advertisement
Ooredoo — Truecaller (box)

ހޯމް މިނިސްޓްރީން ވަފްދުގެ ބޭފުޅުންނާއެކު މަޝްވަރާ ކުރެއްވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި, ދާޚިލީ ސަލާމަތާ ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ސަޢޫދީގެ މި ވަފުދުން ތިން ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް