ތާލިބާނުން އައިއެސްގެ 9 މީހަކު މަރާލައިފި
އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންގެ އަސްކަރިއްޔާއިން އައިއިސްގެ ނުވަ މީހަކު މަރާލައިފިއެވެ.
ތާލިބާނުން ހޮނިހިރު ދުވަހު ބުނީ އެގައުމުގެ ސްޕެޝަލް ފޯސްއިން އައިއެސްގެ ނުވަ މީހަކު މަރާލައި، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އާއި އަފްޣާނިސްތާނުގެ އެހެން ހިސާބުތަކުގައި ރޭގަނޑު ހިންގި އޮޕަރޭޝަންތަކުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތުގެ އަލީގާ ސަލާމަތީ ބާރުތަކުން އިސްލާމިކް ސްޓޭޓް ޚުރާސާން ނުވަތަ އައިސިސް-ކޭ ގެ ނަމުން ނަންދީފައިވާ އިސްލާމިކް ސްޓޭޓްގެ ގްރޫޕަކަށް ހަމަލާދީފައިވާ ކަމށެވެ.
އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާއިން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަޖިކިސްތާނުގެ ބޯޑަރު އޮންނަ އިރުއުތުރު ތަޚާރް ޕްރޮވިންސްގައި ހުންނަ އައިއެސް-ކަޝްމީރުގެ އަވަށަކަށް ސަރުކާރުގެ ސިފައިން ރޭގެ ވަގުތެއްގައި ހަމަލާދީފައިވާ ކަމަށެވެ. ދަޝްތު ކަލާ ޑިސްޓްރިކްޓްގައި ހިންގި މި ރެއިޑްގައި ދާއިޝްގެ ތިން މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި "މުހިންމު" ކޮމާންޑަރެއް ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައި ވ އެވެ.
މުޖާހިދު ވިދާޅުވީ ކާބުލްގައި މަރުވި ދާއިޝްގެ ހަ މީހުންނަކީ ވެސް ދާދި ފަހުން އެ ސިޓީގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި މީހުން ކަމަށާއި އެކަކު ތައުލީމީ މަރުކަޒެއްގައި އަދި އަނެއް މީހާ މިސްކިތަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ކަމަށެވެ.
މުޖާހިދު ވިދާޅުވި ގޮތުގައި އެ މީހުން ވަނީ ކާބުލްގެ ވަޒީރު އަކްބަރު ޚާން މިސްކިތާއި ކާޖް ޓިއުޝަން ސެންޓަރާއި އެހެނިހެން މަދަނީ އަމާޒުތަކަށް ހަމަލާތައް ދޭން ރާވައިފައެވެ.