ރާއްޖެއާ ދެކޮޅަށް ވަލު ދޮރާށިން މައްސަލަ ހުށަހަޅައިގެން އުޅޭ ބައެއްގެ ސީޔާދަތު ރާއްޖެއިން ގަބޫލުކުރީ ތަންދޮރު ނުފިލާތީ: ޑރ. މުނައްވަރު
ރާއްޖެއާ ދެކޮޅަށް “ވަލު ދޮރާށިން” މައްސަލަ ހުށަހަޅައިގެން އުޅޭ ބައެއްގެ ސީޔާދަތު ރާއްޖެއިން ގަބޫލުކުރީ ތަންދޮރު ނުފިލާތީ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުނައްވަރު ވިދާޅުވީ މި މައްސަލާގައި ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުވަނީ ހަމައެކަނި ގެއްލޭ ސަރަހައްދު ބޮޑުވުމުން ނޫން ކަމަށެވެ.
މޮރިޝަސްއަކީ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދޭ ޤައުމަކަށްވާއިރު، ރާއްޖޭގެ ދެކުނުން ދާ އަޅައިގެން މަސްވެރިކަންކުރުމުގެ ހުއްދަ އެފަދައިން މަސްވެރިކަންކުރާ ޤައުމުތަކަށް ދޫކޮށްފިނަމަ މިހާރު ދެކުނުގެ މަސްވެރިން މަސް ބާނަންދާ ބައެއް ތިލަތަކުން މަސް ނުލިބުމުގެ މައްސަލަ ކުރިމަތިވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
މީގެ އިތުރުން މުނައްވަރު ވިދާޅުވީ މި މައްސަލަ ހުށަހަޅައިގެން އުޅޭ އިރު މައްސަލަ ހުށަހެޅި ފަރާތައް އެ ހައްގު ލިބިފައިވޭތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލަ މޮރިޝަސްއިން ހުށަހެޅި ޙަޤީޤީ ސަބަބަކީ ޗާގޮސްގެ ޖަޒީރާތަކުގެ މައްޗަށް އެ ޤައުމުގެ ސިޔާދަތު އޮތްކަން ކަށަވަރުކުރުމަށް ކަމަށް މުނައްވަރު ވިދާޅުވިއެވެ.
“އަޅުގަނޑުމެންނާ ދޭތެރޭގަ ބަޔަކު މައްސަލައެއް ހުށަހަޅައިގެން އުޅޭ އިރުގަ މައްސަލަ ހުށަހެޅި ފަރާތައް އެ ހައްގު ލިބިފައިވޭތޯ ނޫންތޯ ޝައްކެއްގެ ތެރޭގަ މިއޮތީ. އަދި ދުނިޔޭގެ އެހެން ހިސާބަކުންވެސް ނުނިންމާ އެތަނަށް މައުރީޝަސްގެ ފުލް ސޮވެނިޓީ އޮތް ކަމަކަށް. އެވާހަކަ ދެކެވެމުން އެބަދޭ”
މީގެ އިތުރުން މުނައްވަރު ވިދާޅުވީ “ރައީސް ޞާލިޙް ވެރިކަމުގަ ހުންނަވައިގެން މައުރީޝަސްގެ ބޮޑުވަޒީރަށް އެތަން ގަބޫލު ކުރާނެ ކަމުގެ ސިޓީއެއް ފޮނުވުމަކީ އަޖައިބެއް. ދުނިޔެ ހިނގާގޮތް އެނގިވަޑައި ނުގަންނަނީ، އެހެން ނޫނިއްޔާ ހަމަ ތަންދޮރު ނުފިލަނީ. ބޮޑަށް ބުރަ ވެވެނީ އެހެން” ކަމަށެވެ.
2011 ގައި ރާއްޖެއިން ވޯޓް ދިނީ އިގިރޭސިން ނާއިއެކް މަޝްވަރާކޮށް ތިން ޤައުމު ދިވެހިރާއްޖެ ވެސް ހިމެނޭގޮތަށް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފައްދަން، އެކަމަކު މިފަހަރު މިއުޅެނީ ސީދާ މޮރިޝަސް ކޮޅަށް ވޯޓް ދޭން، މީގައި އެބައުޅޭ ދެކޮޅުންކާ ޑީލެއް، ދަށުންދަމާ ފައިސާގެ ޑީލް، ކޮސޯވޯ ޑީލް ކަހަލަ !