ޚަބަރު ސިޔާސީ

މިދިޔަ މަހުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ 92 މައްސަލަ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ 92 މައްސަލަ މިިދިޔަ ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ޖެންޑާއަށް ހުށަހެޅީ ޖުމްލަ 219 މައްސަލައެވެ.

އޭގެތެރެއިން 92 މައްސަލަ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ މައްސަލައެވެ. އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅީ އިހުމާލުވުމުގެ މައްސަލައާއި, ޖިންސީ ހާނިއްކައިގެ މައްސަލައާއި, ޖިސްމާނީ ހާނިއްކައިގެ މައްސަލައެވެ. އެ ގޮތުން އެއިން ކޮންމެ ދާއިރާއެއްގެ 19 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ނަފްސާނީ ހާނިއްކައިގެ 18 މައްސަލަ ހުށަހެޅިއިރު, ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލަ ހުށަހެޅިއެވެ. އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 3 މައްސަލައާއި, ބްލެކްމެއިލް ކުރުމުގެ 2 މައްސަލައާއި, ފުރައްސާރައިގެ ޝިކާރަކައަކަށްވުމުގެ 2 މައްސަލަ ހުށަހެޅިއެވެ.

މީގެއތުރުން ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 13 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. އަދި ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 5 މައްސަލައަކާއި, ކުށުގެ ވެށްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި އެއް މައްސަލަ ވަނީ ހުށަހަޅައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!