Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސައުދު އެމްޑީޕީއަށް: މަޖިލިސްގައި އެމްޑީޕީ މެންބަރުންގެ އަދަދު 66އަށް

ސައުދު އެމްޑީޕީއަށް: މަޖިލިސްގައި އެމްޑީޕީ މެންބަރުންގެ އަދަދު 66އަށް

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވެރިކަންކުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައިވާތީ އެކަން އިއުލާންކުރައްވައިފިއެވެ.

މިކަން އިއުލާން ކުރައްވާފައިވަނީ މިއަދު ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދެވެ. ސައުދު އިންތިޚާބުވީ އަމިއްލަ ގޮތަށެވެ.

ސައުދު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށް މިއަދު މަޖިލީހުގައި އިއުލާން ކުރެއްވި ނަމަވެސް އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.

Advertisement
Allied Insurance — Square (box)

ސައުދު އެމްޑީޕީއާ ގުޅުމާއެކު، އެމްޑީޕީގެ 66 މެންބަރުން މިވަގުތު މަޖިލީހުގައި ތިއްބަވާނެއެވެ. އަދި ޕީޕީއެމް ހަ މެންބަރުންނާއި ޕީއެންސީ ތިން މެންބަރުންނާއި ޖޭޕީ ތިން މެންބަރުންގެ އިތުރުން އެމްއެންޕީ ތިން މެންބަރުން ތިއްބަވާނެއެވެ. އޭގެ އިތުރުން އެމްޑީއޭގެ ދެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތިން މެންބަރުން ތިއްބަވައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް