ޚަބަރު ރައްޔިތުންގެ މަޖިލިސް

މިއީ ޓެކްސް ބޮޑުކުރަން ރަނގަޅު ވަގުތެއް ނޫން ކަމަށް މަޓީން މަޖިލީހަށް އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް ޓެކްސް ބޮޑުކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

Ads by STELCO

މިޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައިސް މުހައްމަދު ނަޝީދު ވިދާޅުވީ ޓެކްސް ބޮޑުކުރުމާ ގުޅޭގޮތުން މާޓީގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި މިއީ ޓެކްސް ބޮޑުކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

“މަޓީގެ ފަރާތުން މަޖިލީހަށް ސިޓީއެއް ފޮނުވާފަ ވަނީ މިއީ ޓެކްސް ބޮޑު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް” ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޓީން ބުނީ މިހާރު ވެސް ފަތުރުވެރިކަމުގެ ސިނާއަތް އަންނަނީ އެކި ލޮޅުންތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ޓެކްސްއަށް ގެންނަ ކޮންމެ ބަދަލެއް ތަންފީޒު ކުރުމަށް މަދުވެގެން 12 މަސްދުވަސް ދިނުމަށް މަޓީން އެދިފައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!