އިސްލާމްދީނުގެ ސައްހަ އަޤީދާ ހިމާޔަތްކުރަން ކުރައްވަންޖެހޭ ކޮންމެކަމެއް ރައީސް ކުރައްވާނެ: އިމްރާން

އިސްލާމްދީނުގެ ސައްހަ އަޤީދާ ހިމާޔަތްކުރަން ކުރައްވަންޖެހޭ ކޮންމެކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ހޯމް މިނިސްޓަރު ޢިމްރާން ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި އިމްރާން ވިދާޅުވީ މިއީ މީސްކޮޅު މަދު ކުޑަ ޤައުމެއް ކަމަށާއި އަދި އިގުތިސާދީ ގޮތުން ގޮންޖެހުންތަކާއި, ދަތިތަކާއެކު ވެސް އިސްލާމްދީނުގެ ނިއުމަތަށް ވިސްނައިފިނަމަ ދިވެހިންނަށްވުރެ ވަކިން ބޮޑު ނިއުމަތެއްގައި އޮތް ޤައުމެއް ދުނިޔޭގައި ނެތް ކަމަށެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ޤައުމުތައް ދުނިޔޭގައި މަދުކަން ވެސް އިމްރާން ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެ ގޮތުގެ މަތީގައި ދެމިތިބުމަށްވުރެ ހެޔޮކަމެއް ނެތް ކަމަށާއި, އެ ގޮތުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން ސަލާމަތްވުމަށްވުރެ ވަކިން ބޮޑު މަސައްކަތެއް ކުރާކަށް ނެތްކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މިއަދު މި ހާލަތުގައި އިސްލާމް ދީނުގެ ސައްހަ އަޤީދާ ހިމާޔަތް ކުރުމަށާއި, ޤައުމުގެ މިނިވަންކަމާއި, އިސްތިޤުލާލު ދެމެހެއްޓެވުމަށް ރައީސް މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރައީސާއި ގާތުން މަސައްކަތް ކުރައްވާ މީހެއްގެ ހައިސިއްޔަތުން އެކަން ކަށަވަރުކޮށް ޤަބޫލުކުރައްވާ ކަމަށެވެ.







ކޮމެންޓް