ޚަބަރު އިޖުތިމާޢީ

މުފްތީ މެންކް ރާއްޖެ ވަޑައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އަދި އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

Ads by STELCO

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މުފްތީ މެންކަށް މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަަލީއާއި އެ މިނިސްޓްރީގެ އިސްވެރިންނެވެ.

ޒިންބާބުވޭގެ ދީނީ ޢިލްމުވެރިޔާ މުފްތީ މެންކްގެ މި ދަތުރުފުޅަކީ އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން މާދަމާ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައެވެ. އަދި މި މަހުގެ 29 ވަނަ ދުވަހު ފުވައްމުލައް ސްޓޭޑިއަމްގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާއިރު, 30 ވަނަ ދުވަހު ދަރުސް ދެއްވާނީ އައްޑޫ ސިޓީގެ ސިޓީ ސްކޮޔަރގައެވެ. 31 ވަނަ ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ދަރުސް ދެއްވާނެއެވެ.

މިއިން ކޮންމެ ތަނެއްގައި ވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި މާދަމާ އިމާމްވެވަޑައިގެން ހުކުރު ނަމާދު ކުރައްވާނީ ވެސް މުފްތީ މެންކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!