ދުނިޔެ

ރަޝިއާއަށްވުރެ، ޗައިނާގެ ބިރު. ބޮޑު: އެމެރިކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިންގައި ރަޝިޔާއިން ހަނގުރާމަކުރި ނަމަވެސް އެމެރިކާއަށް އޮތް އެންމެ ބޮޑު ސަލާމަތީ ގޮންޖެހުމަކީ ޗައިނާ ކަމަށް ޕެންޓަގަންގެ އާ ދިފާއީ ސްޓްރެޓެޖީގައި ބުނެފިއެވެ.

Ads by Sosun Fihaara

ބުރާސްފަތި ދުވަހު ނެރުނު ލިޔުމުގައި ޗައިނާއާ އެކު ހިނގަމުންދާ ހަމަނުޖެހުންތަކަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ބުނެފައިވީ ނަމަވެސް، އެ ލިޔުމުގައި ޗައިނާ "މުހިންމު ސަރަހައްދުތަކުގެ ބާރު ގަދަވުން" ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިންޑޯ ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ އިއްތިހާދުތައް ހަނިކޮށް، ކުރިއަރަމުން އަންނަ އަސްކަރިއްޔާ ބޭނުންކޮށްގެން އަވަށްޓެރިންނަށް މަޖުބޫރުކޮށް ބިރުދެއްކުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމާއި އެކަމަށް ވިސްނަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، 80 ސޮފްހާގެ، ކްލެސިފައި ނުކުރާ ރިޕޯޓުގައި ރަޝިޔާއިން ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ފާހަގަކޮށް، ނިއުކްލިއާ ހަތިޔާރާއި، ސައިބާ އޮޕަރޭޝަންތަކާއި ދުރު ރާސްތާގެ މިސައިލްތަކާއެކު މޮސްކޯއަކީ އެމެރިކާއަށާއި އެ ޤައުމުގެ ބައިވެރިންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ބުނެފައިވެއެވެ. އަދި ޗައިނާ އާއި ރަޝިއާ ޕާޓްނަރުންގެ ގޮތުގައި ކުރިއަރަމުން އަންނައިރު، އެ ދެ ގައުމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ނުރައްކާތެރި ގޮންޖެހުންތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މި ރިޕޯޓުން އިތުރަށް ބުނެފައިވަނީ އެމެރިކާއަށް ފުރަތަމަ ފަހަރަށް ނިއުކްލިއާ ހަތިޔާރު ހުރި ބޮޑު ދެ ޤައުމާ ކުރިމަތިލާން ޖެހިފައިވާ ކަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!