Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

މުފްތީ މެންކް ފުވައްމުލަކަށް

މުފްތީ މެންކް ފުވައްމުލަކަށް

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާޢިލް މެންކް މިއަދު ފުވައްމުލަކަށް ވަޑައިގެންފިއެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި މިރޭ ފުވައްމުލަކުގައި ދަރުސްއެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދަރުސް އޮންނާނީ އެ ސިޓީގެ ޙާފިޒް އަޙްމަދު ސްކޫލުގައި މިރޭ 20:45 ގައެވެ. ދަރުސް ދެއްވާނީ އިސްލާމްކަމާއި, އޯގާތެރިކަމާއި ހިތްހެޔޮކަން މި މައުޟޫޢުގެ މައްޗަށެވެ.

Advertisement
HDC — Sidebar (box)

އޮކްޓޫބަރު 28-31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާނީ މާދަމާއެވެ. މާދަމާ ރޭ އައްޑޫ ސިޓީގައި ދަރުސް އޮންނާނީ އައްޑޫ ހައި ސްކޫލްގައެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވެސް ދަރުސް ދެއްވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް