Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ދަރަވަންދޫ އެއާޕޯޓުން އަތުލައިގަތް 700 ފުޅި ބަނގުރާ ނައްތާލައިފި

ދަރަވަންދޫ އެއާޕޯޓުން އަތުލައިގަތް 700 ފުޅި ބަނގުރާ ނައްތާލައިފި

ބ.ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ފުޅިތަކެއް ނައްތާލައިފިއެވެ.

މި ތަކެއްޗަކީ މި އަހަރުގެ ޖަވަނަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

އޭގެތެރޭގައި 770 ފުޅި ބަނގުރަލާއި, 428 ދަޅު ބިޔަރު ހިމެނެއެވެ.

Advertisement
Ooredoo — Truecaller (box)

އޭގެއިތުރުން ދަރަވަންދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ 20 ލީޓަރުގެ ހަމެއްގައިހުރި ބަނގުރާ ވެސް ވަނީ ނައްތައިލާފައެވެ.

މި ތަކެތި ނައްތާލާފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ދަރަވަންދޫ އިކޯ ސެންޓަރުގެ ގޯތިތެރޭގައެެވެ. މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް