އެމެރިކާއިން އޮސްޓްރޭލިއާގެ ބޭސްއަކަށް ނިއުކްލިއާ ޤާބިލްކަން ހުރި ބޯޓްތަކެއް ގެންދަނީ

އޮސްޓްރޭލިއާގެ އުތުރުގައި ހުންނަ ވައިގެ މަރުކަޒަކަށް ނިއުކްލިއާ ގާބިލްކަން ހުރި ހަ ބީ-52 ބޮން އަޅާ މަތިންދާ ބޯޓް އެމެރިކާ އިން ގެންދަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެމެރިކާއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ޗައިނާއާ އެކު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
އޮސްޓްރޭލިއާގެ ނޯދަން ޓެރިޓަރީގެ ވެރިރަށް ޑާވިންގެ ދެކުނުން ގާތްގަނޑަކަށް 300 ކިލޯމީޓަރު (190 މޭލު) ދުރުގައި އޮންނަ ރޯޔަލް އޮސްޓްރޭލިއަން އެއާފޯސްގެ ޓިންޑަލް ބޭސްގައި މި ފްލައިޓްތަކަށާއި އޮޕަރޭޓް ކުރުމަށް އަންނަ ފަރާތްތަކަށް ޚާއްސަ ތަނެއް ހަދަމުންދާ ކަމަށް ކަމުގެ މައުލޫމާތު ދަންނަ ފަރާތްތަކާ ހަމާވާދާ ރޮއިޓާސް އިން ވަނީ ރިޕޯޓްކޮށްފައެވެ.
މިކަން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އޮސްޓްރޭލިއާގެ ބްރޯޑްކާސްޓިންކޯޕްގެ ފޯ ކޯނަރސް ޕްރޮގްރާމުން އެމެރިކާގެ ލިޔެކިޔުންތަކާ ހަވާލާދީއެވެ.
މިކަމާ ގުޅޭ ގޮތުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވީ އޮސްޓްރޭލިއާއިން އެމެރިކާއާ އެކު ދިފާއީ އިއްތިހާދުތައް ހަދާފައިވާ ކަމަށާއި އެކަމުގެ ތަފްސީލް ހިއްސާ ކުރެވެން ނެތް ކަމަށެވެ.