ޚަބަރު ސިޔާސީ

ޗާގޯސް މައްސަލައިގައި މުނައްވަރު: މިއީ ލަހުން ރިއެކްޓް ކޮށްގެން ކުރަން ޖެހޭ ކަމެއް ނޫން

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗާގޯސް މައްސަލަ އަކީ ސަރުކާރުން ލަހުން ރިއެކްޓުކޮށްގެން ވާނެ މައްސަލައެއް ނޫން ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ޗާގޯސް ރަށްތަކުގެ ސިޔާސަތީ ބާރު އެގައުމަށް އޮތްކަމަށް އެއްބަސްވާ ވާހަކަ ނޫން އިތުރު ވާހަކައެއް އޮވެގެން ނުވާނެ ކަމަށެވެ.

އަދި ސަރުކާރުން ސިޓީ ނުދައްކަން އުޅެނީ އެނޫން އެހެން އެއްޗެއް އެ ސިޓީގައި އޮތުމުން ކަމަށް މުނައްވަރު ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތުވެސް ކަންތައްތަކެއް ސިއްރު ކުރައްވަން އުޅުއްވާ ކަމަށާއި އެ ސިޓީގައި ދައްކާފައިވާ ވާހަކަ އަކީ ފޮރިން ޕޮލިސީއާ ދެކެވުނު ވާހަކައެއް ކަމަށެވެ.

“އިބްރާހިމް ރިފްޢަތު އެކަނިމާއެކަނި ސިއްރު ސިއްރުން އުޅުމާ، އިބްރާހިމް ޞާލިޙް ސިއްރު ސިއްރުން ސިޓީއެއް ފޮނުވައިގެން އޭތި ނުދައްކަން އުޅުމާ މިއީ ފޮރިން ޕޮލިސީއާ ދެކެވުނު ވާހަކައެއް. ކޮންވާހަކައެއްތޯ މި ދައްކަނީ. އަޅުގަނޑުމެންނަށް އެ ޕޮލިސީއެއް ނުހިފެހެއްޓޭނެ މި މައްސަލަ ނިމެންދެކަށް” މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވަނީ ސިޓީ ހާމަނުކުރަނީ ކީއްވެތޯ ސަރުކާރާ ސުވާލުކުރައްވައިފައެވެ. އަދި އެފަދަ މައްސަލަތަކަކީ ސަރުކާރުން ލަހުން ރިއެކްޓުކޮށްގެން ވާނެ މައްސަލަތަކެއް ނޫން ކަމަށާއި، ރިއެކްޓް ކުރަން ޖެހޭނީ “ޖަޒުބާތާ އެކީ” ކަމަށް މުނައްވަރު ވިދާޅުވިއެވެ.

“މޮރިޝަސްގެ ހާރިޖީ ވަޒީރު ވިދާޅުވި ތިތިބީ ފިތިފައޭ. ގޮތްހުސްވެފައޭ. އެވަރު ކޮށްލީމޭ. އެހެންވީމަ މި ދަންނަވަނީ ހާމަކޮށްގެން އުޅޭށޭ. ޝައްކު ކުރާނެ ޖާގަ އެއް ނޯންނާނެ. މިބޭފުޅުންނަށް މީ ކުޅޭ ކުޅޭ އެއްޗެއް ހެން ހީވާތީ. މިއީ މައްސަލައެއް” މުނައްވަރު ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި މީގެ ކުރިންވެސް މުނައްވަރު ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ.

އެގޮތުން ރައީސް ޞާލިޙް ވެރިކަމުގަ ހުންނަވައިގެން މޮރިޝަސްގެ ބޮޑުވަޒީރަށް އެތަން ގަބޫލު ކުރާނެ ކަމުގެ ސިޓީއެއް ފޮނުވުމަކީ އަޖައިބެއް ކަމަށާއި ރައީސް ޞާލިހަށް ދުނިޔެ ހިނގާގޮތް އެނގިވަޑައި ނުގަންނަވާ ކަމަށްވެސް މުނައްވަރު ވިދާޅުވެފައިވެއެވެ.

Ads by Ooredoo
  1. ދިވެހި މުސްކުޅިން

    މުނައް ވެސް ޗާގޯސް ހޫރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު އޮންނަންވާނީ ސީދާ ދިވެހިރާއްޖޭއަށް ކަމަށާ އަދި މޮރިޝަސް ޢަށް ދެވޭނީ ޗާގޯސް އާއި މޮރިޝަސް އާއި ދޭމެދުގެ ކަނޑުނޑ %50 ކަން މިގޯތަށް ވަކާލާތު ނުކުރަނީ ކީއްވެތޯ ؟

  2. އޮޅުވާލި

    މިސަރުކާރުންް ކިތައްސަތޭކަަ މިލިޔަންޑޮލަރުު ނެގިތޯޯ އަހާބަލާާ ސުވާލުކުރާންޖެހޭޭ މިލިޔަނުންް ޑޮލަރުނުނަގާނަމަަ އެހާމަޑުންް ހުރެދާނެކަމައްް ގަބޫލެއްވެސްް ނުކުރެވޭޭ އަންނާންއޮތްޖީލުތަކައްް ގައުމުު ހަވާލުކުރެވޭނީި ނުވިއްކާާ ރައްކާތެރިކަމާއިު އެކުު ބަލަހައްޓައިގެންތޯޗެ