ޚަބަރު އިޖުތިމާޢީ

ޢަލީ ރަމީޒު އިލްޔާސަށް: ޖަރީމާތަކަށް މަގުފަހިކޮށްދީފައި ކީކޭ ތި ކިޔަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރުތައް ޢާންމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވުމާ ގުޅިގެން ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ads by STELCO

އިލްޔާސް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ޝިއާރުތައް އާއްމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި, އެފަދަ ކަންކަމަށް އިންކާރުކޮށް, އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމުގައި ''އަޅުގަނޑުމެން ދެމިތިބޭނަން'' ކަމަށެވެ.

އެއަށް ރައްދު ދެއްވައި ޢަލީ ރަމީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އަޑަށް ބާރުލާފައި ތިޔަހެން ތިޔަ ބުނަނީ އެފަދަ ކަންކަމަށް ހިތްވަރުދީ އެ ޖަރީމާތައް ހިންގުމަށް މަގުފަހިކޮށްދީފައި" ކަމަށެވެ.

''އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ޝިއާރުތައް ޢާންމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމަށް އިންކާރު ކުރާކަމަށް އަޑަށް ބާރުލާފައި ތިޔަ ބުނަނީ އެފަދަ ކަންކަމަށް ހިތްވަރުދީ އެ ޖަރީމާތައް ހިންގުމަށް މަގުފަހިކޮށްދީފައެވެ.''

އައްޑޫ ސިޓީ ހިތަދޫގައި ތާރު އަޅަން ފެށުމުގެ ގޮތުން އެ މަސައްކަތްކުރާ އިންޑިއާގެ ކުންފުނީގެ ބަޔަކު ހިންދީ ދީނުގެ ޝިއާރެއް ފާޅުކުރި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ބަލަމުންނެވެ.

މި މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ފުލުހުންނަށް ހުށަހަޅާފައިވާ އިރު، ފުލުހުން ރޭ ބުނީ ހިތަދޫގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން މި މަހުގެ ފުރަތަމަ ދުވަހު، އެ އަވަށު ކެނެރީ މަގުގައި ތާރު އަޅަން ފެށުމުގެ ގޮތުން ޕްރޮޖެކްޓްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އެހެން ދީނެއްގެ އަޅުކަންކޮށްފައިވާ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ކަމަށެވެ.

 

Ads by Allied Insurance
  1. ޢަބުސީ

    ޢިލްމުވެރިންނަށް އެއްޗެހި ކިޔުމަކީ ސާލިހު އަޅުންގެ ގޮތެއްނޫން

  2. އަލިފު ޙާ!

    ބަރާބަރު ވާހަކައެއް ޢަލީ ތިބުނީ!

  3. އެކަމަކު އަހަންނަށްބުނައްޔާބުނެވޭނީ އަލީއާއެއްކޮޅައް އިލްމުވެރިންނެއްކަމަކު ދީނާއިދިކޮޅަށްއުޅޭމީހުނަށްތައުރީފުކޮންއެއްބާވެގެންއުޅެއްީ ބުނެވޭނެ ކަ ުރުވެރިންނާއެކީއުޅެއްޔާ ދިލަކަނިބުރާ ދުބުޅިވަސްދުވާނެނު ރާރާރާރާރާރާރާ