ދުނިޔެ

ޗާގޯސް ހަވާލުކުރަން މޮރިޝަސްއާ މަޝްވަރާކުރަން އިނގިރޭސިވިލާތުން އެއްބަސްވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗާގޯސް ހަވާލުކުރުމާ ގުޅޭ ގޮތުން މޮރިޝަސްއާ އެކު މަޝްވަރާތައް ފެށުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ ވިދާޅުވީ އިނގިރޭސިވިލާތުން ބޭނުންވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ އެހީގައި އެއްބަސްވުމެއް އެކުލަވާލައި ނުނިމި ހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން 1960 އާއި 1970 ގެ އަހަރުތަކުގައި އިނގިރޭސި ސަރުކާރުން ގަދަކަމުން ބޭރުކުރި އެރަށުގެ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އދ.ގެ އެންމެ މަތީ ކޯޓް ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ އިނގިރޭސިވިލާތުން އެ ސަރަހައްދުގެ އިދާރީ ހިންގުން "ގާނޫނާ ހިލާފު" ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން 1968 ވަނަ އަހަރު މިނިވަންކަން ހޯދި މޮރިޝަސް އިން ބުނަނީ އެ ރަށްތަކަކީ އެގައުމުގެ އަމިއްލަ ރަށްތަކެއް ކަމަށެވެ. އަދި އެ ރަށްތައް އަނބުރާ ހޯދުމަށް ޗާގޯސިއަން މީހުން އިނގިރޭސި ކޯޓުތަކުގައި ދައުވާ ވެސް ކޮށްފައިވާ ކަމަށެވެ.

ދާދި ފަހުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު އިންޑިއާ ކަނޑުގެ 37،000 އަކަ މޭލު (95،000 އަކަ ކިލޯމީޓަރު) ގެ ސަރަހައްދެއްގައި އުފެދިފައިވާ މައްސަލަ ބަލައިފައެވެ. ދެ ފަރާތުން ވެސް ދަނީ މަހުގެ މުއްސަނދިކަން ލިބިފައިވާ ކަނޑުގެ ސަރަހައްދަކީ އެމީހުންގެ އަމިއްލަ އިގްތިސާދީ ސަރަހައްދެއް ކަމަށް ބުނަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!