ބޮލީވުޑް

އާމިރު ޚާންގެ މަންމަ އަށް ހާޓް އެޓޭކެއް ޖެހި، މުމްބާއީ ހޮސްޕިޓަލުގައި ފަރުވާ ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ މަންމަ ޒީނަތުގެ ޕަންޗަގަނީ އަށް ހާޓް އެޓޭކެއް ޖެހިއްޖެއެވެ.

Ads by MWSC

ރިޕޯޓްތައް ބުނާ ގޮތުން ހާޓް އެޓޭކް ޖެހުނުއިރު ޒީނަތު ހުރީ ގޭގައެވެެ. އިތުރު ފަރުވާއަށް ވަގުުތުން ގެންދިޔައީ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލަށެވެ.

މިކަން އާމިރު އަދި އާއިލާގެ ބައެއް ފަރާތްތަކުން ސިއްރު ކުރަން ބޭނުންވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގައި އާމިރު އެންމެ ފަހުން ފެނިގެން ދިޔަ އިރު، އޭނާގެ އެންމެ ބޮޑު ހިތާމައަކީ އާއިލާއާ އެކު އެކަށީގެންވާ ވަގުތު ހޭދަ ނުކުރުން ކަމަށް އާމިރު ބުނެފައިވެއެވެ.

އަދި ދިރިއުޅުމުގައި ޢާއިލާއާއި ގުޅުންތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، މަންމައާއި ދަރިންނާއެކު ވަގުތު ހޭދަކުރުމަށް ވަރަށް މަސައްކަތެއް ކުރާ ކަމަށްވެސް ބުންޏެވެ.

އާމިރު އެންމެ ފަހުން ކުޅެފައިވަނީ "ލާލް ސިންގް ޗައްޑާ"އެވެ. އެ ފިލްމު މިދިޔަ މަހު 11 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވިއިރު، މިއީ މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި އެއް ފިލްމެވެ.

ނަމަވެސް މި ފިލްމު ވެގެން ދިޔައީ ބޮކްސް އޮފީހުގައި ފްލޮޕަކަށެވެ. ގިނަ ބައެއްގެ ފާޑު ކިޔުން މި ފިލްމަށް އަމާޒުވުމުން އާމިރު ވަނީ ފިލްމް އިންޑަސްޓްރީން ބްރޭކެއް ނަގައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!