Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ނަޝީދު ވެރިކަމުގައި ހުންނެވިނަމަ، ދިވެހިން ފޯޅަަވަހިވެސް ހޯދާނެ: މުސްޠަފާ

ނަޝީދު ވެރިކަމުގައި ހުންނެވިނަމަ، ދިވެހިން ފޯޅަަވަހިވެސް ހޯދާނެ: މުސްޠަފާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ނަމަ، ރާއްޖެއިން ފޯޅަވަހިވެސް ހޯދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

ފޯޅަވަހީގެ މައްސަލައިގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މުސްޠަފާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

ފޯޅަވަހި ނުވަތަ ޗާގޯސްއާ މެދު ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުވި މައްސަލައިގައި، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް ނަޝީދު ހުންނެވީ ސަރުކާރާ ދެކޮޅަށެވެ.

Advertisement
Ooredoo — Square (box)

މި މައްސަލައިގައި އިނގިރޭސިވިލާތުގެ ސަރުކާރާއިއެކު މަޝްވަރާ ކުރާނެ އެހެން ދިވެހި ސަރުކާރެއް ހޯދަން ޖެހިއްޖެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ތިއްބެވި ވަޓްސްއެޕް ގްރޫޕެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރުން ފޯޅަވަހި މައްސަލައިގައި އިނގިރޭސިވިލާތާއި ދެކޮޅަށް އެރުމުން އެގައުމުން ރާއްޖެއަށް ރަނގަޅު ލަގާއެއް ދީފައިވާ ކަމަށެވެ.

އެހެންކަމުން ދެންވެސް އެންމެ ރަނގަޅު ވާނީ މިމައްސަލައިގައި އިނގިރޭސިވިލާތުގެ ސަރުކާރާއިއެކު މަޝްވަރާ ކުރުންކަމަށާއި، އެހެންނަމަވެސް މިހައިތަނަށްވެސް މިކަމާއި ގުޅިގެން ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެއްވެސް ބޭފުޅަކުވެސް އިނގިރޭސިވިލާތާއި މަޝްވަރާ ކުރައްވާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސް ސަރުކާރުން ކުރައްވާ  މަސައްކަތުގައި ދިވެހި ސަރުކާރުން އެ ޤައުމާ އެއްކޮޅަށް ޖެހިވަޑައިގަތް މައްސަލައިގައި، ކޯލިޝަނުގައި ހިމެނިވަޑައިގަންވާ ސިޔާސީ ޕާޓީތައްވެސް ވަނީ ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފައެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް