Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ތިނަދުއާ ދުވާފަރުގެ ބައި-އިލެކްޝަން އަންނަ މަހުގައި

ތިނަދުއާ ދުވާފަރުގެ ބައި-އިލެކްޝަން އަންނަ މަހުގައި

ރ.ދުވާފަރު ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ މަހުގައި ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމަވައިފިއެވެ.

އީސީން އިއްޔެ ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ އެ ބައި-އިލެކްޝަންތައް އޮންނާނީ ޑިސެންބަރު 24 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

ދުވާފަރު ކައުންސިލަށް އިންތިޚާބު ކުރާނީ އެއް މެންބަރެވެ. އަދި ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 5 މެންބަރުން އިންތިޚާބު ކުރާނެއެވެ.

Advertisement
Allied — Dhen Online (box)

މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މިއަދުން ފެށިގެން ވަނީ ފުރުސަތު ހުޅުވައިލާފައެވެ. ސުންގަޑިއަކީ ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް