ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، މިރޭ ބޭއްވުމަށް ހަމަ ޖައްސާފައި އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މަދަމާ ރެއަށް ފަސްކޮށްފިއެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެއަށް ފަސްކުރީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިއޮތް ރަސްމީ ޖަލްސާ މާދަމާ ރެޔަށް ފަސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވާ ކަމަށެވެ.
ޖުމްހޫރީ ދުވަހުގެ ޖަލަސާގައި ރައީސް ޞާލިޙް ގައުމާ މުހާތަބު ކުރައްވާނެއެވެ. މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މި ޖަލްސާގައި އިނާމް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.