ޚަބަރު ސިޔާސީ

ޔާމީން ސަރުކާރުގައި ހޯމް މިނިސްޓަރު ހުރީ ލޭ އަންނަ ވަރަށް ފިޔަ ކޮށާލާފައި: އިމްރާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ހުންނެވީ 'ލޭ އަންނަ ވަރަށް ފިޔަ ކޮށާލާފައި ކަމަށާއި, އޭގެ ފަހުން ތިއްބެވި މިނިސްޓަރުން, މިނިސްޓްރީއަކީ އޮތް ތަނެއް ކަމަށް ވެސް ނުބައްލަވާ ކަމަށް ވިދާޅުވެ މިހާރުގެ ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ ކުރީގެ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ އަދި ޚާއްސަކޮށް ކުށް މަދު ޤައުމުތަކުގައި އަމަލުކުރާ ކޮންސެޕްޓެއް ކަމަށްވާ ހޯމް ސެކްޓާ ކޮންސެޕްޓުގެ ދަށުން މަސައްކަތް ފެށީ މި ސަރުކާރުން ކަމަށެވެ. ނަމަވެސް ކުރީގައި ފެނިގެންދިޔައީ ހޯމް މިނިސްޓްރީއާއި ސެކްޓާގެ ދަށުގައި ހުންނަ އެހެން މުއައްސަސާތައް ވަރަށް ތަފާތުކޮށް އޮތްތަން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ކުރީގެ އަހަރުތަކުގައި އަހަރަކު އެއް ފަހަރު ސީޕީއެއް ބަދަލުވުމާ ގުޅިގެން ލީޑާޝިޕް ވަރަށް ބަލިކަށިވެ ފުލުހުންގެ މުއައްސަަސާ ތެރޭގައި ވަރަށް ބައިވަރު މައްސަލަތައް ދިމާވެ އޭގެ ނަތީޖާއެއްގެ ގޮތުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ދަތިތަކެއް އައިސްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

މިސާލަކަށް އަޅުގަނޑު ފާހަގަކޮށްލަން ވޭތުވެދިޔަ ސަރުކާރުގަ ކޮންމެ އަހަރަކުން ސީޕީއެއް ބަދަލުވަމުންދިޔަ. އަނެއްކޮޅުން ހޯމް މިނިސްޓްރީގަ ސަރުކާރުގެ ފުރަތަމަ ފެށުނު ކޮޅުގަ ހުންނެވި ހޯމް މިނިސްޓަރ ދެއްވާފަ ހުރި ބައެއް ބަސްދީގަތުމާއި ބައެއް ބޭފުޅުން އަރިހުގަ ވިދާޅުވެފަ ހުރި ވާހަކަތައް ހުންނާނެ އެ ބޭފުޅާ ލޭ އަންނަ ވަރަށް ފިޔަ ކޮށާލާފަ ހުރިކަން. ކަމެއް ކުރަން ޖާގަ ނުދެއްވިކަމަށް. ދެން ވަޑައިގެންނެވި ބޭފުޅުން އެ ތަޖުރިބާގެ މައްޗަށް ބިނާކޮށް އެއްވެސް ކަމަކާ ނޫޅުއްވާ. މިނިސްޓްރީ އެއީ އޮތް ތަނެއްކަމެއް ވެސް ނުބައްލަވާ އެ ހިސާބުން ކަންކަން ގޮސްފަ ހުރިކަން ފެންނާނެ.

ނަމަވެސް މިއަދު ސެކްޓާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގޮތުން މި ސަރުކާރު އައިއިރު ފުލުހުންގެ ޚިދުމަތުގެ ހާލަތު އޮތް ގޮތާއި މިދިޔަ ހަތަރު އަހަރުގައި ކުރި މަސައްކަތުން މިއަދު ގެނެވިފައި އޮތް ހިސާބަށް ބަލައިފިނަމަ ވަރަށް މުހިންމު ތަފާތުތަކެއް ފެނިގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކުރީގެ މިނިސްޓަރު ޢުމަރު ނަޞީރު ހުންނެވީ ''ލޭ އަންނަ ވަރަށް ފިޔަ ކޮށާލާފައި'' ކަމަށް އިމްރާން ވިދާޅުވިއިރު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަޙްމަދު އަދީބުގެ މައްސަލައެއް ބެލުމަށް ފުލުހުންގެ މައްޗަށް މިނިސްޓަރު އަމުރު ކުރެއްވުމުން އެ މަނިކުފާނުގެ ބާރުތައް ރައީސް ޔާމީން ހަނިކުރެއްވި މަންޒަރު ފެނިގެންދިޔައެވެ.

Ads by Allied Insurance
  1. ޢަހަރެންމީ މިނިސްޓްރީގައި 15 އަހަރު ހޭދަ ކުރި މީހެއް މިހާ ފީކަޅާމިނިސްޓަރެއް ނުދެކެން މުޅިތަަން ބޮއްސުންލާފަަ
    ދުވަހަކު ސަރުކާރުގައި ނޫޅޭ މީހަކަށް ކިހިނެއް މިނިސްޓަރ ކަން ކުރެވޭނީ… ޙެކިވާނެ މިނިސްޓްރީ ގިނަ މުވައްޒަފުން