Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލެއާ އައްޑޫސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުސަތު އެބައޮތް: އެމްޑީޕީ

މާލެއާ އައްޑޫސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުސަތު އެބައޮތް: އެމްޑީޕީ

މާލެއާއި އައްޑޫސިޓީގެ އިތުރު ގޮނޑިތައް ވެރިކަންކުރާ އެމްޑީޕީއަށް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެއާއި އައްޑޫ ސިޓީ އިން އެ ޕާޓީން ކާމިޔާބު ކުރި ގޮނޑިތަކުގެ އިތުރުން، މާލޭގެ އެހެން 5 ދާއިރާއެއްގެ ނަތީޖާ ޝީޓާއި އައްޑޫ ސިޓީގެ 4 ދާއިރާއެއްގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު އެ ދާއިރާތަކުގައި އެންމެ ކުރީގައި ތިބި ކެނޑިޑޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެމެދު ހުރި ފަރަގަކީ 40 އަކަށް ވޯޓަށްވުރެ ކުޑަ ފަރަގެއް ކަމަށެވެ.

އެ ދާއިރާތަކުން މިހާތަނަށް އަދި ނުގުނާ 50-60 ވޯޓު ކަރުދާސް ރާއްޖޭގެ އެކި ރަށްރަށުގައާއި ޖަލުތަކުގައި ހުރިކަން ފާހަގަކުރެވޭ ކަމަށާއި އެއިން ކޮންމެ ދާއިރާއެއްގައި ބާޠިލު ވޯޓުގެ ގޮތުގައި 50-90 ވޯޓު ކަރުދާސް ހިމެނިފައިވާކަން ވެސް ފާހަގަ ކުރެވޭ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

"އެހެންކަމުން، މިޕާޓީން މިގެންދަނީ އެ ވޯޓުފޮށިތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުން މިޕާޓީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުޞަތު އޮތްކަން ފާހަގަކޮށް މިވާހަކަ އާންމުކޮށް ދެންނެވީމެވެ." އެމްޑީޕީން ބުނެފައި ވެއެވެ.

މާލޭގެ 18 ގޮނޑީގެ ތެރެއިން 5 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރިކަން ވަނީ ކަށަވަރުވެފައެވެ. އަދި އައްޑޫ ސިޓީގެ 12 ގޮނޑީގެ ތެރެއިން 6 ގޮނޑި އެ ޕާޓީން މިހާތަނަށް ވަނީ ކަށަވަރު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް