Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވެންޓިލޭޓަރަކަށް އަޅުގަނޑާއި ރައީސް ނަޝީދުގެ ދޭތެރެއަށް ނުވަދެވޭނެ: ރައީސް ޞާލިހު

ވެންޓިލޭޓަރަކަށް އަޅުގަނޑާއި ރައީސް ނަޝީދުގެ ދޭތެރެއަށް ނުވަދެވޭނެ: ރައީސް ޞާލިހު

ވެންޓިލޭޓަރަކަށް ރައީސް ޞާލިޙް އާއި ރައީސް ނަޝީދާ ދޭތެރެއަކަށް ނުވަދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅޭގޮތުން އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލަ ނެތްނަމަ ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދޭތެރޭ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

މިހާރު ކުރިއަށްދާ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ "ވެންޓިލޭޓަރަކަށް އަޅުގަނޑުމެން ދޭތެރެއަކަށް ނުވަދެވޭނެ" ކަމަށެވެ.

Advertisement
HDC — Sidebar (box)

"ވެންޓިލޭޓަރަކަށް ނުވަދެވޭނެ އަޅުގަނޑުމެންގެ ދެ މީހުންގެ ދޭތެރެއަކަށް. އެކަމަކު ރައީސް ނަޝީދާ އަޅުގަނޑާ ހިޔާލު ތަފާތުވާ ކަންކަން އަންނާނެ. އެކަމަކު ޕާޓީއަކަށް ގެއްލުންވާ އެއްވެސް ކަމެއް އަޅުގަނޑުމެން ދެ މީހުން ނުކުރާނެ." ރައީސް ޞާލިހު ވިދާޅުވިއެވެ.

އިންތިހާބުން ބޭނުންވި ނަތީޖާ ނުލިބުމުގައި ސަރުކާރު ދައުރެއް ވެސް އޮންނާނެ ކަމަށާއި، އެ ކަންކަން ހައްލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މައްސަލަތަކެއް ހުރިނަމަ އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ސަރުކާރާއި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮއްވައި، މާލެ ސިޓީއަށް މިފަދަ ބަދަލެއް އައުމުގެ އަސްލު ހޯދަން ޖެހޭ ކަމަށެވެ.

ނިމިދިޔަ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން ވަނީ މޭޔަރާއެކު ސިޓީ ކައުންސިލްގެ ސުޕަރ މެޖޯރިޓީ ކާމިޔާބު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް