ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް: ރައީސް ފާހަގަކުރެއްވީ އެ ކުދިން އަނިޔާއިން ރައްކާތެރި ކުރުމުގެ މުހިންމުކަން

ކޮންމެ ކުއްޖަކީވެސް އަނިޔާގެ ޝިކާރައިން ސަލާމާތްވެފައިވާ ބަޔަކަށް ހަދަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދިންނަށް ފޮނުއްވައި، ކުރެއްވި ޓްވީޓެއްގައެވެ.
ދުވަހުގެ ތަޙުނިޔާ ފޮނުއްވާ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޖުތަމަޢުގެ ކޮންމެކަމެއްގައި ހަމަހަމަކަމާއެކު ކުޑަކުދިން ބައިވެރިކުރާކަން ކަށަވަރުކުރަން ޖެހޭކަމަށެވެ.
ރައީސް ވަނީ ކުދިންނަށް ލިބޭ އަނިޔާތަކާއި، ގެއްލުންތަކުން ސަލާމަތްކޮށް، އެ ކުދިންގެ ހައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވޭކަން ޔަޤީން ކުރަން ޖެހޭ ކަމުުގައިވެސް ވިދާޅުވެފައެވެ.
https://twitter.com/ibusolih/status/1594188686018895872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1594188686018895872%7Ctwgr%5Efb2d5b4fa32cd1d43dcecbfcef4a220444c26b6a%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F112414%3Ffbclid%3DIwAR3j9Hg_ldHlM9gIF84kDYHDS_psZgdqJx-FPaaX0LYt5qtAct2ZUfqhOJI
ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހަކީ، ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހެވެ.
މިއަހަރުގެ މިދުވަސް ފާހަގަކުރުމަށްޓަކައި އދ.ކަނޑައަޅާފައިވާ ޝިޢާރަކީ "އިންކުލޫޝަން، ފޯރ އެވްރީ ޗައިލްޑް" ނުވަތަ "ކޮންމެ ކުއްޖަކަށްވެސް ބައިވެރިވުން" މިއެވެ.






ކޮމެންޓް