ދުނިޔެ

ޑރ. ޒާކިރް ނައިކް ވަރުބަލި ކަމެއް ނެތި ޤަތަރުގައި އިސްލާމީ ދަޢުވަތު ފެތުރުމުގައި!

ރައުފާ ރަޝީދު ، ދެން އޮންލައިން

ވޯލްޑް ކަޕާ ދިމާކޮށް ޤަތަރުގައި ދީނުގެ ދަޢުވަތު ފޯރުކޮށްދެއްވުމަށް އިސްލާމްދީން ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އިންޑިއާގެ ދީނީ ޢިލްމުވެރިއެއްކަމަށްވާ ޑރ. ޒާކިރު ނައިކު ޤަތަރަށް ވަޑައިގެންފިއެވެ.

Ads by Sosun Fihaara

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގަތަރުން ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކަށް ދައުވަތު ދީފައިވަނީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ އެ ފުޓްބޯޅަ މުބާރާތުގައި ދީނީ ދަރުސް ދެއްވުމަށެވެ.

ގަތަރުގެ ސަރުކާރު ހިއްސާވާ އަލްކާސް ސްޕޯޓްސް ޗެނަލްގެ ޕްރެޒެންޓަރެއް ކަމަށްވާ ފައިސަލް އަލްހާޖްރީއާ ބުނީ، ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް ގަތަރުގައި ހުންނެވި ކަމަށާއި މުޅި މުބާރާތުގައި ވެސް ދީނީ ގިނަ ތަގުރީރުތައް ދެއްވާނެ ކަމަށެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޑރ. ނައިކަށް ދީނީ ދަރުސް ދެއްވުމަށް ދައުވަތު ދިނުމަށް ގަތަރުން ނިންމި ނިންމުމަށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޤަތަރުން މަސައްކަތް ކުރަނީ ވޯލްޑް ކަޕްގެ ހޯސްޓުގެ ހައިސިއްޔަތުން މަގާމުގެ ބޭނުން ހިފައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރާތްތަކަށް އިސްލާމީ ސަގާފަތާއި އަސާސްތައް ތައާރަފް ކުރުމަށެވެ.

ޑރ. ޒާކިރު ނައިކްއަކީ އިސްލާމްދީން ފެތުރެއްވުމަށް ގިނަ މަަސައްކަތްތަކެއް ކުރައްވާ ދީނީ އިލްމުވެރިއެކެވެ. އޭނާ ގެންދަވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ވަޑައިގެން، އިސްލާމްދީނުގެ މަޢުލޫމާތު ފޯރުކޮށްދެއްވަމުންނެވެ. ޑރ. ނައިކް ވަނީ އިސްލާމްދީން ފެތުރެއްވުމަށް ޚާއްސަ ޓީވީ ޗެނަލެއްކަމަށްވާ "ޕީސް ޓީވީ" މެދުވެރިކުރައްވާ މީހުންނަށް އިސްލާމް ދީން އޮޅުންފިލުވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

  1. ޚކދިޖދދުޖރދކރނސހެ

  2. ﷲގފސރދސފ

    ީަނސުޖދޖފިޖ