ދުނިޔެ

ޗައިނާއިން ފަންޑު ކުރި ކަމެއް ނޭނގޭ: ޓްރޫޑޯ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކެނެޑާގެ އިންތިޚާބަށް ނުފޫޒުފޯރުވަން ޗައިނާއިން ޚަރަދުކޮށްފައިވާކަން ނޭނގޭ ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ 2019 ވަނަ އަހަރުގެ ފެޑެރަލް އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް ޗައިނާ ސަރުކާރުގެ ފައިނޭންސިންގެ ނުފޫޒު ފޯރުވިކަމަށް ބެލެވޭކަމަށް މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ.

މިމަހުގެ ކުރީކޮޅު ގްލޯބަލް ނިއުސްއިން ނެރުނު ރިޕޯޓެއްގައި ނަން ހާމަނުކުރާ ފަރާތްތަކާ ހަވާލާދީ ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ފެޑެރަލް އިންތިހާބަށް މަދުވެގެން 11 ކެނޑިޑޭޓަކަށް ފަންޑުކޮށްގެން ކެނެޑާގެ ސިޔާސީ މައިދާނަށް ނުފޫޒު ފޯރުވަން ޗައިނާއިން މަސައްކަތް ކުރާ ކަމަށް ޓްރޫޑޯއަށް މިދިޔަ ޖެނުއަރީ މަހު އަންގާފައިވާ ކަމަށެވެ.

އެއާއެކު ހައުސް އޮފް ކޮމަންސްގައި ލިބަރަލްސް އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި އެ ކެންޑިޑޭޓުންނަކީ ކާކުކަން ދެނެގަތުމަށާއި ކެނެޑާއިން ނުފޫޒު ފޯރުވުމާ މެދު ކުރަނީ ކޮން ކަމެއްތޯ އޮޅުން ފިލުވުމަށް އިދިކޮޅު މެމްބަރުން ދަނީ ގޮވާލަމުންނެވެ.

ކެނެޑާގެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް ބުނުން ފިޔަވައި، ބޮޑުވަޒީރުގެ ނައިބު ކްރިސްޓިއާ ފްރީލޭންޑް ހިމެނިވަޑައިގަންނަވާ ގޮތަށް ޖަވާބު ދެއްވި އެއްވެސް މެމްބަރަކު އެއްވެސް ހަރުދަނާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި އެއިން އެއްވެސް ބޭފުޅަކު ޗައިނާއިން ފަންޑުކުރާ އެއްވެސް ކެނޑިޑޭޓަކަށް މައުލޫމާތު ލިބިފައިވާކަމަށް އިންކާރުކުރެއްވިއެވެ.

ނަމަވެސް އާދީއްތަ ދުވަހު ޓިއުނީޝިއާގައި ބޭއްވި ފްރެންކޮފޯނީ ސަމިޓް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރޫޑޯ ވިދާޅުވީ ސަރުކާރުން އާންމުކޮށް ކެންޑިޑޭޓުން ފާހަގަނުކުރަނީ އެއީ ކާކުކަން ނޭނގޭތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތުހުމަތެއް އޭނާއަށް އެނގުނީ މީޑިއާއިން އެކަންޏެވެ.

"އަޅުގަނޑަށް ސާފުކޮށް ދަންނަވާލަން، އަޅުގަނޑަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ، އަދި ޗައިނާއިން އެއްވެސް ފައިސާއެއް ލިބުނު ފެޑެރަލް ކެނޑިޑޭޓަކަށް ވެސް އަޅުގަނޑަށް މައުލޫމާތު ދީފައެއް ނުވޭ،" ޓްރޫޑޯ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!