އިންތިޚާބީ މަރުކަޒުން ރައީސް ނަޝީދު ބޭރު ކޮށްލައިފި

ހޮނިހިރު ދުވަހު ބޭއްވި 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައެއް ވޯޓްފޮށިތައް އަލުން ގުނުމަށް އިދިކޮޅުން ކުރަމުންދިޔަ މަސައްކަތްތަކާއި ގުޅިގެން ފުލުހުންނާ ސިފައިންގެ ހިމާޔަތުގައި، މަޖިލިސް ރައީސް އިންތިޚާބީ މަރުކަޒަށް ވަޑައިގެން ކުރެއްވި މަސައްކަތް ނާކާމިޔާބުވެ އާންމުން ނަޝީދު އިންތިޚާބީ މަރުކަޒުން ބޭރުކޮށްލައިފިއެވެ.
ފުލުހުންނާއި ސިފައިންގެ ހިމާޔަތުގައި ނަޝީދު ވަޑައިގަތުމާއެކު އިދިކޮޅު ސަޕޯޓަރުން ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާތީ ފުލުހުން ވަނީ އެ ހަމަނުޖެހުން މައިތިރި ކުރުމަށް ޕެޕަރ ސްޕްރޭގެ ބޭނުން ވެސް ކޮށްފައެވެ. އަދި މިވަގުތު އިންތިޚާބީ މަރުކަޒުތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން އެބަތިއްބެވެ.
ވޯޓު ފޮށިތައް ކަނޑައިގެން އިންތިހާބު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން އިސްވެ މަސައްކަތް ކުރަމުން ދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިލެކްޝަންގެ އިންތިޚާބީ މަރުކަޒު ތެރެއަށް ވަނީ ވަދެފައެވެ.
އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރި ވަމުން އަންނަ އިރު، މީހުން ފޮނުވާލުމަށް ފުލުހުން ކުރި މަސައްކަތްތަކުގެ ތެރޭގައި އެކަކަށް އަނިޔާވުމުގެ ސަބަބުން ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފައެވެ.






ކޮމެންޓް