Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ހޯމް މިނިސްޓްރީގެ ނައިބަކަށް އަޝްރަފް

ހޯމް މިނިސްޓްރީގެ ނައިބަކަށް އަޝްރަފް

މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ގއ. ނިލަންދޫ، ލިލީމާގޭ، އަޝްރަފް ޢަލީ މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

އަޝްރަފް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗަރ ހާޞިލްކުރައްވައިފައެވެ.

މި މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗަރގެ ޑީންގެ މަޤާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަޤާމާއި، ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަޤާމު ފަދަ މަޤާމުތައް ފުރުއްވައިފައެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން އޭނާއަށް ސާކް ލިޓްރަރީ އެވޯޑު ލިބިވަޑައިގެންފައިވެއެވެ. އަޝްރަފަށް މި އެވޯޑު ލިބިވަޑައިގަތީ 2019 ވަނަ އަހަރުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް