ޚަބަރު

އެމްޑީޕީގެ ބޭފުޅުން މިނިސްޓަރު ކަމަށް ގެނައުމަށް އިސްލާހެއް ހުށަހަޅައިފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޯލިޝަން ސަރުކާރެއްގައި މިނިސްޓަރުކަން ގެއްލޭ ސްލޮޓަށް އެމްޑީޕީ މެމްބަރުންނަށް ލިބޭނެ ގޮތަށް އެޕާޓީގެ އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅައިފިއެވެ.

Ads by STELCO

އެ އިސްލާހު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) އެވެ.

ބޮންޑޭ ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން އެމްޑީޕީން ބައިވެރިވާ ކޯލިޝަން ސަރުކާރުގެ މިނިސްޓަރަކު ޖިންސީ ފުރައްސާރައި މައްސަލައެއް ނުވަތަ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތެއްގައި ވަކި ކޮށްފިނަމަ އެ މިނިސްޓަރަކު ނިސްބަތްވާ ޕާޓީއަށް ދެން އެ ސްލޮޓް ނުދެވޭނެ އެވެ.

އަދި ދެން އެ ސްލޮޓް ދެވޭނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މަދުވެގެން 50،000 މެމްބަރުން ހަމަވާ ޕާޓީއެއްގެ މެމްބަރަކަށް ކަމަށް ބޮންޑޭގެ އިސްލާހުގައި ބުނެފައިވެއެވެ.

މިހާރު އުފެދިފައިވާ ސަރުކާރު ކޯލިޝަނަށް ބަލާއިރު އެ އަދަދަށް މެމްބަރުން ހަމަވާ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ އެވެ. ކޯލިޝަނުގައި ދެން ހިމެނޭ އަދާލާތު ޕާޓީ އާއި އެމްއާރްއެމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ތެރެއިން 10،000 މެމްބަރުން ވެސް ހަމަވަނީ ހަމައެކަނި ޖޭޕީގައެވެ.

ބޮންޑޭ މިފަދަ އިސްލާހެއް ހުށަހެޅުއްވި އިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވި އޭނާ ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. އަދި އެ މަގާމަށް އަނެއްކާވެސް އައްޔަން ކުރެއްވީ ޖުމްހޫރީޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!