ބަނޑުހައިވެފައިވާ ދަރިފުޅު ނިންދެވުމަށް ބޭސް ދެނީ
އަފްޣާނިސްތާނުގެ މީހުން އެމީހުންގެ ދަރީންނަށް ބޭސް ދީގެން ނިންދާކަމުގައި އެމީހުން ބުނެފިއެވެ. މިހެން ވެފައިވަނީ ކާނެ އެއްޗެއް ނުލިބި ބަނޑުހައިހޫނުކަމުގައި އުޅެން ޖެހުމުންކަމަށް އެމީހުން ބުނެއެވެ.
"އަހަރެމެންގެ ދަރިންނަށް ކާންދޭނެ އެއްޗެއް އަހަރެމެން އަތުގަ ނެތް. އެކުދިން ބަނޑުހައިވެގެން ރޮނީ، ނުއެއް ނިދާ. ދެން އަހަރެމެން ބޭސް ފިހާރައަށް ގޮސް ބޭސް ގަނެގެން ދިނީމަ އެކުދިން ނިދޭ ގޮތް ވަނީ" އަބްދުލް ވައްޙާބް ނަމަކަށް ކިޔާ މީހަކު ކިޔައިދިނެވެ.
މި ބޭހަކީ އެންޒައިޓީ ޑިސްއޯޑާ ހުންނަ މީހުންނަށް ދެވޭ ބޭހެކެވެ. އެހެންނަމަވެސް، 1 އަހަރުގެ ކުދިންނަށްވެސް އަފްޣާނިސްތާނުގައި ދަނީ މި ބާރުގަދަ ބޭސް ދެމުންނެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ބަނޑުހައިހޫނުކަމުގައި ވާ ކުދީންނަށް މި ބޭސް ދިނުމުގެ ސަބަބުން ސިއްޚީ އެތައް މައްސަލަތަކެއް އެކުދީންނަށް ދިމާވުން އެކަށީގެންވާ ކަމުގައެވެ.
އަފްޣާނިސްތާނުގެ ހާލަތު މިހާ ގޯސްވެފައި މިވަނީ ތާލިބާނުން ވެރިކަމަށް އެރިފަހުންނެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ވައްޓާލާ ބާރުތައް ހޯދުމުގެ ސަބަބުން ބޭރު ޤައުމުތަކުން ވަނީ އަފްޣާނިސްތާނުގެ އައު ސަރުކާރު ބަލައިގަންނަން އިންކާރުކޮށް، ބޭރު ޤައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ ފަންޑުތައް ހިފަހައްޓާފައެވެ.
މިކަމުގެ ސަބަބުން އަފްޣާނިސްތާނުގެ އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސް، ޤައުމުގެ މީހުންނަށް އެއްވެސް ވަޒީފާއެއްވެސް ލިބެން ނެތެވެ. ހާލަކުން ފަހަރަކު ލިބޭ މަސައްކަތަކުންވެސް އާމްދަނީގެ ގޮތުގައި ލިބެނީ އެންމެ 1 ޑޮލަރު ވަރެވެ.
ބަނޑުހައި ހޫނުކަމުން ސަލާމަތް ވުމަށް ބައެއް މީހުން ދަނީ އެމީހުންގެ ގުނަވަންތައްވެސް ވިއްކަމުންނެވެ. އެގޮތުން ކިޑްނީވެސް މީހުން ދަނީ ލާރި ހޯދުމަށްޓަކައި ވިއްކަމުންނެވެ. އަނެއްބައިމީހުން އެމީހުންގެ ޅަ އަންހެން ދަރީންވެސް މީހުންނަށް ވިއްކާކަމުގައި އެޤައުމުގެ މީހުން މައުލޫމާތު ދެއެވެ.
އެމެރިކަގެ ބަލާވެރިކަމާއި މުސްލިމުންނަ ކުރިމަތިވާ ހާމުސީބާތަ
ތިޔައީ އަމިއްލެއަށް އުޅޭގޮތެއް މިއޮށްފަދަ ޒަމާނުގައި ދުނިޔެއާއި އެކަހަރި ވެގެން އަށްހެން ދަރިން އަޅުވެތި ކޮށްގެން އަންހެން ދަރިންގެ އިއްފަތް ތެރިކަށް 9 އަހަރުގައި ނަގާލާގެން 35 އަހަރުގެ 45 އަހަރުގެ ބޮޑު ފިރެހެނަކާއި ކުއްޖާ ކާވެނި ކުރުވާގެން މީކޮށްކަހަލަ ބުއްދީގެ ވެރިބައެއް