ޚަބަރު ސިޔާސީ

އެމްޑީއޭގެ ސަރުކާރެއްގައި އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދޭނަން: ސިޔާމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމް މުޙައްމަދު--

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ސަރުކާރެއްގައި އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސިޔާމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އަޅުގަނޑުމެންގެ ސަރުކާރެއްގައި އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދޭނަން.

މީގެ ދެތިން ދުވަހެއް ކުރިން ސިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުން ބޭނުންވަނީ ފުދުންތެރި ދެކޮޅުޖެހޭ އުފާވެރި ދިރިއުޅުމެއް އުޅޭށެވެ. ނަމަވެސް ސަރުކާރުތަކުން ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްނުދެވި ބޮޑުތަނުން ފެއިލްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީއޭގެ ފަރާތުން ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ވެރިކަން ހޯއްދެވުމަށް ކޯލިޝަނެއް ބޭނުންނުވާ ކަމަށާއި އެއްވެސް ޕާޓީއަކާ ނުގުޅި ވެސް އެ ޕާޓީން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!