ޚަބަރު ސިޔާސީ

ފާސްކުރަން އުޅެނީ ޒަހަރުގެ ބަޖެޓެއް: މަލީހު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޕީޕީއެމްގެ ސެނެޓަރ މުޙައްމަދު މަލީހު ޖަމާލ--

2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަކީ ޒަހަރުގެ ބަޖެޓެއްކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވަނީ 43.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ފާސްކުރަން ވޯޓަށް އަހަން ހަމަޖެހިފައިވާއިރު، މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާސްކުރަން އުޅެނީ ޒަހަރުގެ ބަޖެޓެއް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، އެއީ ރައްޔިތުން ގޮހޮރަށް އަތް ބާނައިގެން ފައިސާ ނަގާ އިސްރާފު އިންތިހާގެ ބަޖެޓެކެވެ.

އަދި އެއީ 2023 ގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ފާސްކުރާ ޖީލުތަކެއް ދަރުވާނެ ބަޖެޓެއް ކަމަށާއި ޚަޒާނާއިން ވައްކަން ކުރަން މަގުފައިވާ ގޮތަށް ބޮޑު ކޮންޓިންޖެންސީ ޢަދަދު ހިމެނޭ ބަޖެޓެއް ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަކީ ދިވެހި އިގުތިޞާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއް ކަމަށް ވިދާޅުވެފައެވެ.

  1. ހަނދު ހެންވޭރު

    އެއީ ގަލޮޅު ދަނޑުގެ ވީ.އައި.ޕީ ލައުންޖު މަރާމާތުކޮށްލަން މަލީޙު ގެ ވަޒީރު ކަމުގަ ޚަރަދުކުރި 100 މިލިއަނަށް ވުރެ ގިނަރުފިޔާ މިހާރު ޚަރަދު ކޮށްލަން ނުލިބޭތީ ދެއްތޮ…؟