ކުޅިވަރު

އެމެރިކާ އިން އިރާންގެ ދިދައިގަ އިންނަ ﷲގެ އިސްމުފުޅު ލިޔަން ނުކެރުނު, އިރާން ރަތަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިރާނުގެ ދިދައިން ﷲ ގެ އިސްމުފުޅު އުނިކޮށް ދިދައަށް ބަދަލު ގެނައުމުން އީރާނުން ނުރުހުން ފާޅުކޮށްފިއެވެ.

Ads by STELCO

އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ވޯލްޑް ކަޕް މެޗުގެ ކުރިން އީރާނުގެ ގައުމީ ފުޓްބޯޅަ ފެޑެރޭޝަނުން ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ޕޯސްޓުތަކުގައި އީރާން ދިދައިން "الله"ގެ އިސްމުފުޅު އުނިކުރި މައްސަލަ މިހާރު ފީފާއަށް ހުށަހަޅާފައިވާ ކަމަށެވެ. އީރާން ފުޓްބޯލް ފެޑެރޭޝަނުން ފީފާއަށް މައްސަލަ ހުށަހަޅަމުން ބުނީ އެމެރިކާގެ ފެޑެރޭޝަނަށް ސީރިއަސް އިންޒާރެއް ދިނުމަށް ގޮވާލާ ކަމަށެވެ.

ވޯލްޑް ކަޕްގައި އީރާނާ ދެކޮޅަށް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗަށް އެމެރިކާ އިން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި މިކަމާ ގުޅޭގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ފަރާތުން އަދި އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ޔުނައިޓެޑް ސްޓޭޓްސް ސޮކާ ފެޑެރޭޝަން (ޔޫއެސްއެސްއެފް) އިން އާދީއްތަ ދުވަހުގެ ހެނދުނު ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ރަސްމީ ދިދަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ބޭނުން ނުކުރަން ނިންމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އީރާނުގެ އަންހެނުންނާ އެއްބައިވަންތަވުމުގެ ގޮތުން ކަމަށެވެ.

ޔޫއެސްއެސްއެފްއިން ބުނީ އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތާ ހަމައަށް ފޭސްބުކް އަދި އިންސްޓަގްރާމް ޕޯސްޓުތަކުން ބަދަލުކުރި ދިދަ އުނިކޮށް، ޓްވިޓާ ބެނާގައި އެ ނިޝާން ޖަހާފައިވާ އަސްލު ދިދަ އަލުން ހިމަނާފައިވާ ކަަމަށެވެ.

"އަހަރެމެން ބޭނުންވީ 24 ގަޑިއިރު އަހަރެމެންގެ ގްރެފިކްއާއެކު އީރާނުގެ އަންހެނުންނަށް އަހަރެމެން ކުރާ ތާއީދު ދައްކާލަން, ނަމަވެސް މައްސަލަ ހޫނު ވުމުން އީރާނުގެ އަސްލު ދިދަ ވާނީ ހިމަނާފަ" ފެޑެރޭޝަނުން ބުންޏެވެ.

މިހާރު އިރާންގައި ބޭނުންކުރަމުންދާ ދިދަ ބޭނުން ކުރަން ފެށީ، 1979 ވަނަ އަހަރު އީރާނަށް އައި އިންގިލާބަށްފަހު 29 ޖުލައި 1980 ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!