ޚަބަރު ސިޔާސީ

މަލީހު ވިދާޅުވަނީ ކުކުޅު ހާލަށްވެސް މަޤާމުތައް ބަހަނީ ކަމަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޕީޕީއެމްގެ ސެނެޓަރ މުޙަައްމަދު މަލީޙު ޖަމާލު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކުގައި--

ހަދާނެ ގޮތް ހުސްވެ މަގުމަތިން ފެންނަ ކުކުޅު ހާވެސް ރައީސް އޮފީހަށް ވައްދާ މަޤާމު ބަހަނީކަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by MWSC

މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަދާނެ ގޮތް ހުސްވެ މަގުމަތިން ފެންނަ ކުކުޅު ހާވެސް ބަހަނީ ކަމަށާއި އެފަދަ ކަންކަން މިހާރު ބޮޑު ޖޯކަކަށްވެއްޖެ ކަމަށެވެ.

ކުރިއަށް އޮތީ ރައީސް ޞާލިޙަށް އިންތިހާޔަށް އެކަނިވެރިކަން އިހްސާސް ކުރެއްވޭނެ ދުވަސްތަކެއް ކަމަށާއި ކޯލިޝަން ވިއްސި ވިހާލިވާން އޮތީ މަދު ހަފްތާތަކެއް ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

''ރައީސް ނަޝީދާއެކު އެމްޑީޕީ ގްރާސްރޫޓް މޫވްކުރާނެ.'' މަލީހު ވިދާޅުވިއެވެ.

މަލީހު މިހެން ވިދާޅުވިއިރު، މިއަހަރުގެ ތެރޭގައި ސަރުކާރުން ރިކޯޑު އަދަދަކަށް ސިޔާސީ މަޤާމު އުފައްދަވައިފައިވެެއެވެ. މި އަހަރު ހާހަކަށްވުރެ ގިނަ ސިޔާސީ މަޤާމު އުފެއްދެވިއިރު، އެ މުވައްޒަފުންގެ މުސާރައަށް، މިއަހަރުގެ ބަޖެޓުގައި 400 މިލިއަނަށްވުރެ ގިނަ ރުފިޔާ އޮތީ ހިމަނައިފައެވެ.

 

  1. ހައްހަ

    ޚުރަފިތަކަށް މަޤާމް ދިނަސް ކަލެއަކަށް ނުދޭނަން…ތީކާކުތަ.