ޚަބަރު ސަރުކާރު

އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން ތައުބީނުގެ ޖަލްސާއެއް ބާއްވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން، ތައުބީނުގެ ޖަލްސާއެއް ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

Ads by STELCO

ރައީސް އޮފީހުން މިއަދު ވިދާޅުވީ އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން، ތައުބީނުގެ ޖަލްސާއެއް ބޭއްވެވުމަށާއި، ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ކަމުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ ތައުބީނުގެ ޖަލްސާ އިންތިޒާމު ކުރައްވާނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަމުގައެވެ.

ތަޢުޒިޔާގެ ދަފްތަރު ހުޅުއްވާނީ، ދިވެހިރާއްޖޭގެ އަޑުގައި ކަމަށާއި އެއީ ދިވެހިރާއްޖޭގެ އަޑަކީ އަލްމަރްޙޫމް އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުއައްސަސާ ކަމަށްވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް އިބްރާހިމް މަނިކު ނިޔާވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އެ މަނިކުފާނުގެ ޢުމުރުފުޅަކީ 72 އަހަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!