ޚަބަރު އިޖުތިމާޢީ

އިބްރާހީމް މަނިކުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު ޢިޝާއަށްފަހު އިސްލާމީ މަރުކަޒުގައި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ސަމަރުބްލޫ އިބްރާހީމް މަނިކުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

Ads by MWSC

އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް އިބްރާހިމް މަނިކު ނިޔާވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 72 އަހަރެވެ.

އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން، އޭނާގެ ޢާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ ''ބައްޕަގެ ޖަނާޒާ އޮންނާނީ މިއަދު ޢަޞުރު ނަމާދަށްފަހު 16:45 ގައި ބެންގަލޫރުގެ ޤުއްދޫސް ސެމެޓްރީގައި'' ކަމުގައެވެ.

ބައްޕަގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

ޢާއިލާގެ ފަރާތުން ވަނީ ވީހާވެސް ގިނަ ބޭފުޅުން ޖަނާޒާގައި ބައިވެރިވެވަޑައިގެން ދެއްވުން އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!