ޚަބަރު ސަރުކާރު

ރައީސް ނަޝީދު އަނެއްކާވެސް ނިޒާމު ބަދަލުކުރެއްވުމުގެ ވާހަކަ ދެއްކެވުމުން، ޔައުޤޫބުގެ ނުރުހުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު--

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އަނެއްކާވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމުގެ ވާހަކަ ދެެއްކެވުމުން، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ނުރުހުން ފާޅުކުރައްވައިފިއެވެ.

Ads by Sosun Fihaara

އިއްޔެ "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކުލަވައިލި ރިޔާސީ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުން ކަމުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ވެސް ނިންމަވާފައިިވާ ނަޝީދު އިތުރަށް ވިދާޅުވީ އެއީ ރައްޔިތުންނަށްވެފައި އޮޮތް އެންމެ ބޮޑު އެއް ވަޢުދު ކަމަށާއި ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓު ނުނަގައެއް ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެ ކަމުގައެވެ.

ރައީސް ނަޝީދުގެ މިވާހަކަފުޅާ ގުޅިގެން ޔައުޤޫބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ނިޒާމީ ވޯޓެއް ކުރިންވެސް ނަގާފައިވާ ކަމަށާއި، އޭރު ރައްޔިތުން ނިންމީ ރިޔާސީ ނިޒާމު ކަަމަށެވެ.

"އަނެއްކާ ވޯޓު ނުނެގުމަކީ ވަޢުދު ނުފުއްދުމެއް ނޫން." ޔައުޤޫބު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ބެއްލެވުމެއް ނެތި، ރާއްޖޭގެ އެކި ރަށްތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތަރައްޤީ ގެނެސްދެއްވާތީ، އެކަމާ ހަސަދަވެރިވާ ބޭފުޅުންނާމެދުގައި ދެ ފަހަރަށް ވިސްނައިލުން ބުއްދިވެރި ކަަމަށެވެ.

ރައީސް ނަޝީދު މީގެ ކުރިން ރައީސް ސާލިހަށް ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށާއި ސަރުކާރު ހިންގުމުގައި އެއްފަރާތެއްގައި ހުންނަވަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ.

 

Ads by Ooredoo
  1. ހިނި

    ރ ނަސީދު ނޫނީ ޤައމު ހިންގޭނެ ދިވެހި ދަރިޔަކު ނެތީތޯލަ

  2. ކަފަލޮލީ

    ނިޒާމްހިފާގެން އިގިރޭސިވިލާތައްދޭ އައްނި

  3. ދާންދޫ ދާއިރާ

    ނަޝީދަކީ ވެރިކަން ކުރަން ދަންނަ މީހެއްނޫން. އެމްޑީޕީ އަށް ފުރިހަމަ 5 އަހަރުގެ ވެރި ކަމެއްލިބި މިދަނީ އިބްރާހީމް މުހައްދު ސާލިހުގެ ޒައާމަތުގައި. ކުރިއަށް އޮތީވެސް މި ޒައާމަތަށްދެވޭ އިތުރު 5 އަހަރު ان شاءالله