Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުރިއަށް އޮތްތަނުގައި ރާއްޖެެއާ ޔޫއޭއީގެ ގުޅުން ބަދަހިވެގެންދާނެ: ޝާހިދު

ކުރިއަށް އޮތްތަނުގައި ރާއްޖެެއާ ޔޫއޭއީގެ ގުޅުން ބަދަހިވެގެންދާނެ: ޝާހިދު

ކުރިއަށް އޮތްތަނުގައި ރާއްޖެއާ ޔޫއޭއީގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ ޔޫއޭއީގެ 51 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ދަންނަވައި، އެ ޤައުމުގެ ފޮރިން މިނިސްޓަރު ޒައިދު އަލް ނަހްޔާންއަށް ފޮނުއްވެވި ތަޙުނިޔާގެ މެސެޖުގައެވެ.

ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާގޮތުން، ޔޫއޭއީގެ 51 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ މުނާސަބާގައި، އެ ގައުމުގެ ރައްޔިތުންނާއި ސަރުކާރަށް ތަހުނިޔާ އަދާ ކުރެއްވުމަކީ އެމަނިކުފާނަށް ލިބިގެންދިޔަ ޝަރަފެއް ކަމުގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އަދި ރާއްޖެއާއި އެ ގައުމަކީ އިސްލާމްދީނުގެ އުސޫލުތަކާއި އަސާސްތައް މަތީ ގުޅިފައިވާ ދެގައުމުކަމަަށްވުމުން ދެ ގައުމުގެ ދެމެދު ގާތް ގުޅުމެއް ބަދަހި ކުރެވިފައިވާކަމަށްވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެ އަދި ޔޫއޭއީ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެ ކުރިއަށް އޮތް އަހަރުތެރޭގައި ދެ ގައުމު ދެމެދު ކުރެވިގެންދާ ކަންކަންވެސް އިތުރުވެގެންދާނެކަން އެމަނިކުފާނަށް ޔަޤީން ކަމަށެވެ.

މި ފުރުޞަތުގައި މިނިސްޓަރު ޝާހިދުވަނީ ޝައިހު ނަހްޔާން އަށް ދުޅަހެއް ސިއްހަތެއް ލެއްވުމަށް އެދިލައްވާ ކަމަށް ވިދާޅުވެ، އެ ޤައުމަށްވެސް ކުރިއެރުންތަކެއް ލިބިގެން ދިޔުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް