Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފި

ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މިއަދު ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރުއްވައިފައިވަނީ، ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުއްވި ސަމާލުގައި ވަނީ މިއަދު ހެނދުނު 8:00އިން ފެށިގެން މެންދުރުފަހު 14:00އާ ހަމައަށް ހއ.އަތޮޅުގެ ރަށްތަކުން ފެށިގެން ޅ.އަތޮޅުގެ ރަށްތަކާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.

Advertisement
Ooredoo — Square (box)

މާދަމާގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އުތުރަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެއެވެ.

އެގޮތުން ހދ.ހަނިމާދޫގެ ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވީ އެވްރެޖުކޮށް 29 ޑިގްރީސެލްސިއަސްގައެވެ.

މިދުވަސްވަރު ވާރޭ ވެހުނު ނަމަވެސް، ކަނޑުތައް އާދައިގެ ވަރަަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއްވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް