Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް: ރައީސް ތަކުރާރު ކުރެއްވީ ސަރުކާރުގެ ވަޢުދު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް: ރައީސް ތަކުރާރު ކުރެއްވީ ސަރުކާރުގެ  ވަޢުދު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު ފުރުޞަތު ފަހިކޮށްދެއްވާނެކަން ކަށަވަރުކޮށްދެއްވާ ކަަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެވެ.

މިދުވަހާ ގުޅިގެން ރައީސް ޞާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގު ވަޒަންކޮށް، ތަފާތުކުރުމާއި، މަލާމާތާ ފުރައްސާރައިން އެއްކިބާވެ، މާނަހުރި ދިރިއުޅުމެއް އުޅެވޭނެ ހުރިހާ ފުރުޞަތެއް ލިބިގެންދާނެ މުޖުތަމަޢެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ވިދާޅުވެފައެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/ibusolih/status/1598975502915895299?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1598975502915895299%7Ctwgr%5E7d9fc6d236c16e1c3812b4047bb0cf6908a03bfd%7Ctwcon%5Es1_&ref_url=https%3A%2F%2Fras.mv%2Fpost%2F28880

ރައްޔިތުންގެ މަޖިލިސް މިއަހަށް ހުޅުއްވަވައި ދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑު ކުރެއްވުމަށް ސަރުކާރުން ނިންމަވައިފައިވާކަން ހާމަކުރައްވައިފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ބަލިވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖުމްލަ 1.6 ބިލިއަން ރުފިޔާއެވެ. މި ހިނގާ 2022 ވަނަ އަހަރު ބަލިވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބަޖެޓުކޮށްފައިވަނީ 2،1 ބިލިއަން ރުފިޔާއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް