Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ދެ ރަށެއްގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފި

ދެ ރަށެއްގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފި

ދެ ރަށެއްގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފިއެވެ.

އާ އެކްސްޓެންޝަން އިމާރާތް ހުޅުވައިފައިވަނީ ށ.މަރޮށި އަދި ނ.ލަންދޫގައެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ މަރޮށީގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތަށް 3.8 މިލިއަން ރުފިޔާ ޚަރަދުވި ކަމަށާއި، މި އިމާރާތުގެ ސަބަބުން އެރަށުގެ ސިއްޙީ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަަމަށެވެ.

 

Advertisement
Allied — Dhen Online (box)

[caption id="attachment_169309" align="alignnone" width="1024"]<img class="wp-image-169309 size-large" src="https://cdn.dhen.mv/wp-content/uploads/2022/12/hl-1024x419.jpg" alt="" width="1024" height="419" /> މަރޮށި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް--[/caption]

&nbsp;

މި އިމާރާތް ހުޅުވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލްއެވެ.

މި އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މަރޮށީގެ  އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ސިއްޙީ މަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ލަންދޫގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތަށް ޚަރަދުވީ 4.3 މިލިއަން ރުފިޔާއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ މި އިމާރާތް ހުޅުވުމާއި ގުޅިގެން ޕަބްލިކް ހެލްތު ޔުނިޓް އާއި އިދާރީ ހުރިހާ ބައެއް ވަނީ މި އިމާރާތަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

މި އިމާރާތްވެސް ހުޅުވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލްއެވެ.

މި އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މަނަދޫ ދާއިރާގެ މެންބަރ އަހްމަދު ހާރޫން އާއި، ލަންދޫގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އަތޮޅު ހޮސްޕިޓަލްގެ އިސްވެރިންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

&nbsp;

&nbsp;

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް